ގޫގުލް ކްލާސް ރޫމަކީ ޢާއްމު ކްލާސްރޫމެއްގައި މަސައްކަތްކުރާ ގޮތަށް ދަރިވަރުންނަށް ކިޔެވުމުގެ މާހައުލެއް އުފައްދައިދޭ އައިސީޓީ ޓޫލެކެވެ. މި ޓޫލް ބޭނުންކުރެވޭނީ އޮންލައިންވުމަށްފަހު އަމިއްލަ މެއިލް އެކައުންޓެއް ބޭނުންކޮށްގެންނެވެ. މިގޮތުން ފުރަތަމަ ކްލާސް ރޫމަށް ވަނުމުގެ ކުރިން އަމިއްލަ ޖީ- މެއިލް އެކައުންޓެއް އޮންނަންޖެހޭނެއެވެ. މިގޮތުން ދަރިވަރާއި މުދައްރިސް ބޭނުންކުރާ މެއިލް ވާންޖެހޭނީ އެއްބާތެއްގެ މެއިލްއަކަށެވެ. މިސާލަކަށް mymailid@gmail.com ފަދަ "ޑޮމެން ނޭމް" އެއްގޮތްވާންޖެހޭނެއެވެ. މީގެ އިތުރުން ގޫގުލް ކުލާސްރޫމަކީ "ފްރީކޮށް" ބޭނުންކުރެވޭ ގޫގުލް ޕްރޮޑަކްޓެކެވެ. ޢާއްމު ގޮތެއްގައި ގޫލް ކްލާސްރޫމްގައި ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމާއި މާއްދާގެ ނޯޓްސްދިނުމާއި މެސެޖްކުރުމާއި ޝެއަރކުރުން ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުން މަސައްކަތްތައް ފުރިހަމަކުރުމަށްފަހު އަޕްލޯޑްކުރުމަށްފަހު ޚިޔާލުދިނުމާއި ވަޒަންކުރުންފަދަ އުނގެނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވެއެވެ. ގޫގުލް ކްލާސްރޫމަކީ ބޭނުންކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރެވޭ ގޮތަށް އުފައްދާފައިވާ ޓޫލެކެވެ.
މުދައްރިސުން މި ޓޫލް ބޭނުންކުރާނެ ގޮތް
ގޫގުލް ކުލާސްރޫމްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޓަކައި މުދައްރިސުން ފުރަތަމަ ކުރަންވީ ކަމަކީ ދަރިވަރުން ލައްވާ ޖީ- މެއިލް އެކައުންޓެއް ހުޅުވުމުވެ. އެއަށްފަހު ލޮގިންވާންވީ ގޮތް ބުނެދީ ދަރިވަރުން ލޮގިންވިކަން ޔަޤީންކުރަންވާނެއެވެ. އޭގެ ފަހުން ކްލާސްރޫމަށް ވަދެފައި ސްޓްރީމް، ކްލާސް ވޯރކް އަދި ޕީޕަލް މި ތިންބައިގެ ތެރެއިން މަސައްކަތް ދީފައިވާ ބައި ބަލައި، މަސައްކަތްތައް ޑައުންލޯޑްކުރުމަށް އިރުޝާދު ދޭންވަނެއެވެ. މިގޮތަށް ޑައުންޑްކުރާ ފައިލްތައް ފަސޭހައިން ފެންނަ ގޮތަށް ވަކި ފޯލްޑާއެއްގައި ރައްކާކުރުމަށް ހަނދާންކޮށްދޭން ވާނެއެވެ. މީގެ އިތުރުން މަސައްކަތްތައް ނިމުމުން ކަނޑައެޅިފައި އޮންނަ ދުވަހަށް އަޕްލޯޑްކުރުމަށް ވެސް ހަނދާންކޮށްދިނުމަކީ މުހިއްމު ކަމެކެވެ. ދަރިވަރުންނަށް މަސައްކަތް ޙަވާލުކުރުމަށްފަހު ދޭތެރެ ދޭތެއިން ދަރިވަރުން މަސައްކަތް އަޕްލޯޑްކުރިތޯ ބަލައި ނުކުރާނަމަ އިތުރަށް ހަނދާންކޮށްދެވިދާނެއެވެ. މީގެ ސަބަބުން އަވަހަށް ނިމޭ މަސައްކަތްތައް ބަލަން ވެސް ފަސޭހަވާނެއެވެ.
ގޫގުލް ކުލާސްރޫމް ބޭނުންކުރަނީ ދަރިވަރުން ޝައުޤުވެރިވާ ގޮތަށް މަސައްކަތްތައް ކުރުވުމުގެ ގޮތުންނެވެ. މިގޮތުން ކަރުދާހުގެ މަސައްކަތްތައް މަދުކުރެވި ޓެކްނޮލިޖީއަށް ދަރިވަރުން އަހުލުވެރި ކުރުވެއެވެ. އަދި ދަރިވަރުންކުރާ މަސައްކަތްތަކަށް ވަގުތުން ފީޑްބެކްދެވި އެހެން ދަރިވަރުންނަށް މަސައްކަތް ޝެއަރ ކުރެވުން ކިޔެވުމަށް ތަފާތު ކުރިއެރުންތައް ހޯދޭނެއެވެ. މިގޮތުން ގޫގުލް ކުލާސްރޫމް މެދުވެރިކޮށް ދަރިވަރުން ލައްވާ ޕާސްޓް ޕޭޕަރުތައް ހެދުމާއި ޕްރޮޖެކްޓް ވޯރކްސްދިނުމާއި ލިޔުންތެރިކަމުގެ މަސައްކަތްތައް ދިނުންފަދަ ކަންކަން ދަރިވަރުންގެ ބައިވެރިވުން ލިބޭގޮތަށް ކުރެވިދާނެއެވެ.
ގޫގުލް ކްލާސްރޫމް ބޭނުންކުރާ ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ޖީ- މެއިލް އެކައުންޓެއް ހުޅުވަން ޖެހޭނެއެވެ. އެއަށްފަހު މެއިލް ލޮގިންވުމަށްފަހު ޖީމެއިލް އެޕް ތެރޭގައިވާ ކުލާސްރޫމަށް ވަންނާށެވެ. ދެން ސްޓްރީމް، ކްލާސް ވޯރކް އަދި ޕީޕަލް މި ތިންބައިގެ ތެރެއިން މަސައްކަތް އޮތްބައެއް ބަލައި ކުލާސްރޫމްގައިވާ މަސައްކަތްތައް ޑައުންލޯޑް ކުރާނީއެވެ. މިގޮތަށް ޑައުންލޯޑްކުރާ މަސައްކަތްތައް ވަކި ފޯލްޑާއެއްގައި ބެހެއްޓުން މުހިއްމެވެ.
https://www.teacherplanet.com/
Teacher Planet is a resource provided to teachers of all areas. There are tons of resources available from lesson plans to rubrics to worksheets. There are also ESL tools, new teacher tools, job searches, and grant locators.