Group 6
Shirumeen, Ahmed Shafeeq, Nikaya, Hussain Ali
Shirumeen, Ahmed Shafeeq, Nikaya, Hussain Ali
ގްރޫޕް 6 ން ސުވާލު ހެދީ އަޙްމަދު ޝަފީޤް (030180)
Bloom's taxonomy
މަތީގައި އެވަނީ ބްލޫމްގެ ޓެކްސޮނޮމީގެ ގްރެފިކެކެވެ. މި ގްރެފިކުގެ މަތީ ބައިގައި ހިމެނޭ ފެހި ނޫ ރިނދޫ މި ތިން ބަޔަކީ "ހޮޓްސް" ގައި ހިމެނޭ ތިންބައެވެ. ވީމާ އައި.ސީ.ޓީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން 2 ސުވާލެއް މިހަދަނީ މި ބަޔަށް ފެތޭނޭ ވަރަށް ކަމަށް ބަލައިގެންނެވެ.
އާންމު އިރުޝާދު: ތިރީގައިމިވާ ދެ ސުވާލަށް ޖަވާބުދިނުމަށް ބޭނުންކުރެވިދާނޭ ނުކުތާތަކެއް ލިސްޓްކުރާށެވެ. ކޮންމެ ސުވާލެއްގެ ނުކުތާތައް ލިޔާނީ އެސުވާލެއްގެ ތިރީގައެވެ. މިއިން ކޮންމެ ސުވާލަކަށް ގްރޫޕް 8ގެ ހަތަރު ކުދީންވެސް ޖަވާބުލިޔާން ޖެހެއެވެ. ވީމާ ކޮންމެ ކުއްޖަކުވެސް އެ ކުއްޖެގެ ނަން ލިޔެފައި ޖަވާބުލިޔާން ހަނދާންކުރާށެވެ.
ސުވާލު 1 : އުނގެނުމާއި އުނގަންނައިދިނުން އުފާވެރި މާހައުލެއްގައި ކުރިޔަށްގެންދިއުމަށް މަގުދެއްކެވުމަށް މުދައްރިސް ދެއްވާފައިވާ ޞަފުޙާ https://sites.google.com/mnu.edu.mv/est535ictineducation/home?authuser=0#h.2g651u5l62do ގައި ހުރި ވީޑީއޯތަކުގެ ތެރެއިން Understanding ICT’s for Teaching and Learning މިވޯޑީއޯއާއި ICT in Teaching and Learning މިދެވީޑިއޯ ބަލައިފައި މި ދެވީޑިއޯގެ ތެރެއިން ދަރިވަރުންނާއި މުދައްރިސުންނަށް އުފާވެރި މާހައުލެއްގައި އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދިއުމަށް ބޮޑަށް މަގުދައްކައިދެނީ ކޮންވީޑިޔޯއަކުންކަން ބަޔާންކޮށް 3 ފޮޅުވަތާއި 5 ފޮޅުވާތާދެމެދުގެ ޕެރެގްރާފެއް ލިޔާށެވެ. (12 މާކްސް)
މާކްސްދޭނީ ލިޔާ ކޮންމެ ނުކުތާއަކަށް 4 މާކްސްގެ ނިސްބަތުންނެވެ.
ޖަވާބު ލިޔާ ދަރިވަރު 1 ނާސިރާ
ނުކުތާ: 1 - ފުރަތަމަ ވީޑިއޯގައި ބުނާ ގޮތުން ދަރިވަރުންނަށް ތަފާތު ޕެޑޮލޮޖީތައް ބޭނުންކޮށްގެން ކިޔަވއިދިނުމުގެ ފުރުޞަތުއޮތުން
2 ދަރިވަރުން އެކްސްޕްލޯ ކުރުމުގެ ފުރުޞަތާ މުވަސަލާތާއި އުފެއްދުންތެރިކަން އިތުރު ކުރެވެއެވެ.
3 ފުރަތަމަ ވީޑިއޯގައި ދަރިވަރުންނަށް ޕްރޮޖެކްޓް ލާނިން ބޭސިސްގައި އުނގަންނައިދެވިދާނެކަން އެނގެއެވެ.
ޖަވާބު ލިޔާ ދަރިވަރު 2 މުޙައްމަދު އިބްރާހީމް
މި ދެވީޑިއޯގެ ތެރެއިން ދަރިވަރުންނާއި މުދައްރިސުންނަށް އުފާވެރި މާހައުލެއްގައި އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދިއުމަށް ބޮޑަށް މަގުދައްކައިދެނީ ވީޑިއޯ އެކަކުންނެވެ. ސަބަބަކީ :
ނުކުތާ: 1އެކަމަށް ބޭނުންވެގެން މުސްތަގުބަލަށްޓަކާ ކުރާކަމަކަށް މިކަން ހެދުމަށް ބުނާތީއެވެ
2. 21 ވަނަ ގަރުނުގެ ކިޔަވައިދުމުމާއި ގުޅުވާ ޓެކްނޮލޮތިކަލް އެޕުތޯޗްތައް ބޭނުންކޮށްގެން ކިވައިދިނުން ކުރިއަށް ގެންދިއުމަށް ބާރުއަޅާތީއެވެ.
3 . ދުވަހީ ދިރިއުޅުމުގައި ގެ ތެރެިއިން ކިޔަވާއިދިނުން ކުރިއަށް ގެންދިއުމަށް ބާރުއަޅާތީއެވެ.
ޖަވާބު ލިޔާ ދަރިވަރު 3 ޢައިޝަތު މުޙައްމަދު
ނުކުތާ: 1 - ދަރިވަރުންނަށް މިފަދަ ވަސީލަތެއް ބޭނުންކޮށްގެން ކިޔަވައިދިނުމުން އުނގެނުމަށް ފަހި މާހައުލެއް އުފެއްދި ދަރިވަރުންނަށް އުނގަންނައިދިނުމަށް ފަސޭހަވެގެން ދެއެވެ. އަދި ތަފާތު ގޮތްތައް ކިޔަވައިދިނުމުގައި ބޭނުންކުރުމުގެ ފުރުޞަތު އޮތްކަން ވެސް މި ވީޑިއޯއިން އެނގިގެން ދެއެވެ. މިފަދަ ކަންކަމަކީ ދަރިވަރުންގެ ވިސްނުމާއި ކުރިއެރުމާއި ހޯދާބެލުން އިތުރުކުރުމުގެ ފުރުޞަތު ބޮޑުވެ މިހާރުގެ ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ބާރަކަށް ވެގެން ދެއެވެ.
ޖަވާބު ލިޔާ ދަރިވަރު 4 ޢަލީ މުޤީމް
ނުކުތާ: 1 ފުރަތަމަ ވީޑއޯއަކީ 21 ސެންޗަރީގައި ކިޔަވައިދިނުމަށް ކުލާސްރޫމެއްގައި މުދައްރިސުން ދަރިވަރުންނަށް ޝައުޤުވެރިކަމާއި އެކު ކިޔަވައިދެވިދާނެ ގޮތްތަކެއް (ޕެޑްލޮޖީ) ތަކެއް ހުރިކަން އެނގެއެވެ. އެގޮތުން އަހަރުމެންގެ ވިސްނާގޮތާއި ކިޔަވައިދޭ ގޮތާއި ދަރިވަރުންނަށް ޑެލިވަރ ކޮށްދެވޭގޮތް ފުރިހަމަވެގެން ދެއެވެ. ކުދިންނަށް އިންވެސްޓިގޭޓް ކުރުމަށް ފުރުޞަތު ދިނުމާއި މުވާޞަލާތުކުރުމުގެ ހުނަރު އިތުރު ކުރުމާއި އުފެއްދުންތެރިކަން އިތުރު ކުރުމުގެ ފުރުޞަތު ލިބެއެވެ. މުދައްރިސުން ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ކިޔަވައިދިނުމަށް އަންނަނިވި ކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެއެވެ. ކޮންޓެންޓް ޕެޑޮލޮޖީ އަދި ޓެކްނޮލޮޖީއަށް އަހުލުވެރިވާން ޖެހެއެވެ. އައިސީޓީ ބޭނުންކޮށްގެން ޕްރޮޖެކްޓް ލާނިން ބޭސިސްގައިވެސް ކިޔަވައިދެވިދާނެކަން އެނގިގެންދެއެވެ.
ސުވާލު 2 : ތިރީގައި މިވާ ގްރެފިކަކީ ބްލޫމްސްގެ ދިޖިޓަލް ޓެކްސޮނޮމީ ދައްކައިދޭ ކުރހުމެކެވެ. މި ކުރެހުމުގައި ބަޔާންވެގެނވާ ގޮތުން އެންމެ ހޮޓްސް ގައި މިހިމެނޭ އެއް ކަމަކީ ޑައިރެކްޓިންގ އެވެ. މިއީ އެއްޗެއް އުފެއްދުމެވެ. އެއްޗެއް އުފެއްދުމުގައި އެންމެ ލޯ އޯޑަރ ތިންކިންއިން ފަށައިގެން ވިސްނުމުގެ ފިޔަވަޅުތައް އަންނާނީ މަތިވަމުންކަމަށް ބަލާށެވެ. މިގޮތަށް ވިސްނުންމަތިކުރުމަށް މުދައްރިސަކަށް ދަރިވަރުންލައްވާ ކުރުވިދާނޭ ކަންތައްތައް ތަރުތީބުން ބަޔާންކޮށް 6 ފޮޅުވަތުގެ ޕެރެގްރާފެއް ލިޔާށެވެ. (12 މާކްސް)
މާކްސްދޭނީ ލިޔާ ކޮންމެ ނުކުތާއަކަށް 2 މާކްސްގެ ނިސްބަތުންނެވެ.
ޖަވާބު ލިޔާ ދަރިވަރު 1 ނާސިރާ
ނުކުތާ: 1 ޕެރެގްރާފެއް ލިޔުމަށްޓަކައި ދެވިފައިވާ މަޢުލޫ ރަނގަޅަށް ވަހުމް ކުރުން
2 މަޢުލޫއާއަށް ބޭނުންވާ މަޢުލޫމާތު ޕޮއިންޓްފޯމަށް ނޯޓުކޮށްލުން
3 ލިޔުމުގެ އޮނިގަނޑުގައި އަތުރާލުން
4 ލިޔުން ކުރިއަށް ގެންދިއުން
5 ލިޔެ ނިމުމުން އިތުރަށް ކިޔާލުން
6 އެޑިޓްކުރުން
ޖަވާބު ލިޔާ ދަރިވަރު 2 މުޙާއްމަދު އިބްރާހީމް
ނުކުތާ: 1. މަޒުމޫނާއި މެދު އެގޭ އެއްޗެއް ބެލުން
2، މަޒުމޫނު ލިޔާގޮތް ހަދާން ހުރިތޯ ސުވާލުކުރުން
3 މަޒުމޫނެއްގެ މައިގަޑު ބައިތައް ލިއުއްވުން
4. މައުލޫއެއް ދިނުމަށް ފަހު އެމައުލޫައަށް ފައްތައިގެން މަޒުމޫނުގެ މައިގަޑު ބައިތައް ލިއުން
5. ނަމޫނާ މަޒުމޫނަކާއި ލިއުނު މަޒުމޫނާއި ހުރި ތަފާތު ދެނެގަތުން
6. މަޒުމޫނު އިސްލާހުކޮށް އަލުން ލިއުން
ޖަވާބު ލިޔާ ދަރިވަރު 3 ޢާއިޝަތު މުޙައްމަދު
ނުކުތާ: 1 - ކޮންމެ ފިލާވަޅެއްވެސް ކިޔަވއިދިނުމުގައި ދަރިވަރުންގެ ފެންވަރުން ވިސްނޭނެ ހިސާބަކުން ފެށުން
2 ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުން
3 އަމިއްލައަށް ކަންކުރުމުގެ ފުރުޞަތު ދިނުން
4 ކުރެވުނު މަސައްކަތަށް ބިނާކުރަނިވި ފީޑްބެކެއް ދިނުން
5 ދަރިވަރުން އަމިއްލައަށް މަސައްކަތްކޮށް މަސައްކަތްތައް ނިންމުމަށް ހިތްވަރުދީ ހަވާލުކުރުން.
6 މަސައްކަތް ނިމުމުން ފީޑްބެކެއް ދިނުން
ޖަވާބު ލިޔާ ދަރިވަރު 4 ޢަލީ މުޤީމް
ނުކުތާ: ދަރިވަރަކަށް ރިޕޯޓެއް ލިޔަން ކިޔައިދިނުމުން ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ސުވާލުކަރުދާސް ތައްޔާރުކުރުމާއި ކަމާއި ގުޅޭފަރާތްތަކާއި ބައްދަލުކޮށް މަޢޫލޫމާތު އެއްކޮށް ލިބުނު މަޢުލޫމާތު ތަރުތީބުކުރުމަށް ފަހު ރިޕޯޓެއްގައި ހުންނާނެ ބައިތަކަށް ބޭނުންވާ މަޢުލޫމާތު ސުވާލުކަރުދާހުން ހޯދާ ގްރެފިކްސް އޮގަނައިޒަރއެއް ބޭނުންކޮށްގެން މަޢުލޫމާތުތައް ތަރުތީބުކޮށްލުމަށް ފަހު ލިޔުމުގެ މަރުހަލާ ފަށާނީއެވެ. އެގޮތުން ރިޕޯޓުގެ ބައިތަކަށް ބޭނުންވާ މަޢުލޫމާތުތައް ލިޔަމުން ގޮސް ކޮންމެ ބައެއްވެސް ނިމުމުން އަލުން ކިޔާލުމަށް ފަހު ރަނގަޅުކޮށްލުމަށް ހުރި ބައެއް ރަނގަޅުކޮށްލާ ލިޔުން ކުރިއަށް ގެންގޮސް ނިންމާލާނީއެވެ.