ކިޔަވައިދިނުމުގައި ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ އައިސީޓީ ރިސޯސެސް
ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުންކުރުން
sites.google.com/mnu.edu.mv/est535ictineducation/home/using-videos-in-teaching
ކިޔަވައިދިނުމުގައި ކޮލަބުރޭޓީވް ޓޫލްބޭނުންކުރުންhttps://sites.google.com/mnu.edu.mv/est535ictineducation/home/using-collaborative-tools-for-assessment-for-learning
ކިޔަވައިދިނުމުގައި އިންޓަރެކްޓިވް ވައިޓް ބޯޑްބޭނުންކުރުން
ސްޓޯރީބޯރޑް (Storyboard) އަކީ ވާހަކަ ފަދަ ތަކެތި ހުށަހަޅައިދޭ އައި.ސީ.ޓީ ޓޫލެކެވެ. ސްޓޯރީ ބޯރޑްގައި ވާހަކަ ހުށަހަޅައިދެނީ ގުރެފިކް ބޭނުންކޮށްގެން ފޮޓޯ ނުވަތަ ތަސްވިރުތަކެއް ވަކި ތަރުތީބެއްގެ މަތީން އަތުރާލައި ވިޝުއަލް އަދި އިމޯޝަންސް ބޭނުންކޮށްގެންނެވެ. މިއީ ކިޔަވައިދިނުމުގައި ޝަޢުޤުވެރިކަމާއެކު ކުރިއަށް ގެންދެވިދާނެ ހަރަކާތެކެވެ. މި ޓޫލުން ދަރިވަރުންގެ އުފެއްދުންތެރިކަމާއި ސިފަކުރުމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބޭނުންކުރެވިދާނެއެވެ. އަދި ވަޒަންކުރުމަށާއި ވިޝުއަލްކޮށް މަޢުލޫމާތު ހިއްސާކުރުމަށް މި ޓޫލުގެ ބޭނުން ހިފިދާނެއެވެ.
ޓޫލްގެ ލިންކް: https://www.storyboardthat.com/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. ހަމައެހެންމެ ކުރެހުމާއި ސިފަކުރުމާއި ތަސްވީރު ދޭހައިގެ މަސައްކަތް ކުރުމަށް މިޓޫލްބެ ބެނުން ކުރެވިދާނެއެވެ. ދަރިވަރުން ޝަޢުޤުވެރިވުން އިތުރުކޮށް ކޮލެބްރޭޓްކުރުވުމާއި ބައިވެރިވުން އިތުރުކުރުވުމާއި މަސައްކަތުގެ ބައިވެރިވުން ބޮޑުކުރުމަށް މިއީ ބޭނުންތެރި ޓޫލެކެވެ. ހަމައެހެންމެ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ހުނަރު ކުރިއެރުވުމަށްވެސް މި ޓޫލްގެ އެހީތެރިކަން ލިބިގެން ދެއެވެ. މީގެއިތުރުން ކުލާހުގައި ތިބޭ އުނގެނުމުގެ ދަތިކަން ހުންނަކުދިންނަށްވެސް ފިލާވަޅުގައި ބައިވެރިވުމަށް މި ޓޫލު އެހީވެދެއެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ސްޓޯރީބޯރޑް (Storyboard) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. ދަރިވަރުންނާއި ޓީޗަރުންނަށް މިފަދަ ޓޫލްތައް މެދުވެރިކޮށް ފިލާވަޅު ކުރިއަށް ގެންދެވޭނީ އެކަށީގެންވާ ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް ލިބިގެންނެވެ. ސްކޫލުތަކުގެ އިތުރުން ގޭގައިވެސް ދަރިވަރުންނަށް އިންޓަނެޓުގެ ޚިދުމަތް ރަނގަޅުފެންވަރެއްގައި ނުލިބޭތީ މިފަދަ ފިލާވަޅުތައް ނެގުމަށް ނުހަނު ދަތިވެއެވެ. އެހެންކަމުން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރަނގަޅުފެންވަރުގެ އިންޓަނެޓް ޚިދުމަތް ދަރިވަރުގެ ކިޔަވާ މާހައުލުގައި ލިބެން ހުންނަން ޖެހެއެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ސްޓޯރީބޯޑް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://wave.video/blog/what-is-a-storyboard/
https://www.youtube.com/watch?v=7cWVdK5xyTs
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ސްޓޯރީބޯޑް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.storyboardthat.com/blog/e/what-is-a-storyboard
ޓީޗަރސް ގައިޑް
1- ގޫގުލްގައި “storyboards.com” ޖަހުމުން، ފެންނަ ބައިތަކުގެ ތެރެއިން “log in – storyboard އަށް ވަދެ އެކައުންޓެއް ހުޅުވުން
2- ވެލްކަމް ޓޫ ސްޓޯރީބޯރޑް" އަށް ވަނުމަށްފަހު، ރަޖިސްޓްރީވުން
3- "ލޮގް އިން" ވުމުން، "ގޯ ޓޫ ސްޓޯރީބޯރޑް" އަށް ވަނުން
4- "Create a new storyboard" ނެގުން
5- ދަރިވަރުން ލައްވާ ވާހަކައެއް ތައްޔާރުކޮށް އެ ވާހަކައަށް ބޭނުންވައި ވަރަށް "Sheet" ނަގުވާށެވެ.
6- ފެށުމުގެ ކުރިން އަންނަ 10 އިރުޝާދު ކިޔުއްވުން. ކޮންމެ އިރުޝާދެއް ނިމުމުން ދޭވަނަ އިރުޝާދަކަށް ދިޔުމަށްޓަކައި އިރުޝާދުގެ ގޮޅީގައިވާ ތީރަށް ފިތާލުމަށް ބުނުން
7- މަސައްކަތްކުރަމުން ދައި ވަރަކަށް “Save” ކުރަމުން ގެންދިޔުމަށް ދަރިވަރުންނަށް އިރުޝާދު ދިނުން
ސްޓޫޑަންޓް ގައިޑް
1) ސްޓޯރީބޯޑް ސައިޓަށް ވަދެ ދަރިވަރުގެބައި ސެލެކްޓްކޮށް އެކައުންޓެއް ހުޅުވުން
2) ދަރިވަރުގެ އެޑްމޯޑޯ ޕޭޖް ސެޓަޕެއް ހަދާލުން
3) ޓީޗަރ އިންވައިޓް ކޮށްފައިވާ ގުރޫޕްތައް “accept” ކުރުން
4) އަމިއްލަ ވާހަކައެއް އެކުލަވައިލާ، ވާހަކައިގައިވާގޮތަށް ކުރެހުންތަކެއް ތައްޔާރުކުރުން
6) ތައްޔާރުކުރި މަސައްކަތުގެ ލިންކް ޝެއަރކޮށްލާށެވެ. އަދި ތިމާއަށް ލިބޭ ޝެއަރގައިވާ "ސްޓޯރީ ބޯޑް" ނެގުމަށްފަހު، "ކޮމެންޓް" ބައިގައި ދަރިވަރުގެ މަސައްކަތަށް ކޮމެންޓެއް ލިޔެ ހިއްސާކުރުން
ޓޫލްގެ ތަޢާރަފު
ގޫގަލް ސްލައިޑްސް (Google Slides) އަކީ މައިކްރޯ ސޮފްޓުން ތައްޔާރުކޮށްފައިވާ މައިކްރޯ ސޮފްޓް ޕަވަރ ޕޮއިންޓާ އެއްފަދަގޮތަކަށް ގޫގަލް އިން އުފައްދާފައިވާ އައި.ސީ.ޓީ ޓޫލެކެވެ. އުފެއްދުންތެރި ޑިޒައުންތަކާއި ޝައުޤުވެރިވާފަދަ އެނިމޭޝަންސްތައް ގޫގަލް ސްލައިޑްސްގައި ހިމަނާފައިވެއެވެ. އެހެންކަމުން ގޫގަލް ސްލައިޑްސް މެދުވެރިކޮށް ފުލާވަޅުތައް ޝައުޤުވެރިކަމާއެކު ހުށަހަޅައިދެވެއެވެ. މީގެއިތުރުން އެއްފަހަރާ އެތައްބަޔަކަށް ގޫގަލް ސްލައިޑްސްއަށް މައުލޫމާތު އުނި އިތުރުގެނެވެއެވެ.
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. ހަމައެހެންމެ ލެކްޗަރ ގަޑިތައް ނަގައިދިނުމާއި ވީހާވެސް ބޮޑަށް ވިޒުވަލްކޮށް ފިލާވަޅާއި ގުޅޭ މައުލޫމާތާއި ތަސްވީރުތައް ދެއްކުމަށްޓަކައި މި ޓޫލް އެހީވެދެއެވެ. މިއީ ފިލާވަޅު މުރާޖާކުރުމަށާއި ދަސްކުރުމަށް ބޭނުންކުރަން ފަސޭހަ ޓޫލެކެވެ. މި ޓޫލް ކިޔަވައިދިނުމުގައި ބޭނުންކުރުމުގެ ސަބަބުން ދަރިވަރުން ފިލާވަޅުގެ ތެރެއަށް ވައްދައިދީ ޝައުޤުވެރިކުރުވައެވެ. ހަމައެހެންމެ އެއްފަހަރާ ހުރިހާކުދިންނަށް މަސައްކަތް ކުރަން ފުރުސަތު ހޯދައިދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން ބޮޑުވެއެވެ. މީގެއިތުރުން އޮޓޯސޭވްވެފައި އެއްފަހަރާ ގުރޫޕް މަސައްކަތްތައް ކުރިއަށް ގެންދެވޭތީ މި ޓޫލަކީ ހުރިހާ ވައްތަރެއްގެ ލާރނާސްއަށްވެސް ކަމުދާ ޓޫލަކަށް ވެފައި މި ޓޫލްގެ ބޭނުން ބޮޑެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ގޫގަލް ސްލައިޑްސް (Google Slides) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މި ޓޫލުގައި ދިވެހި ބަހުގެ ބޭނުންވާ ކޮންމެ ކޮންމެ ފޮންޓެއް ނުލިބެއެވެ. އެހެންކަމުން ކިޔަން އެނގޭ ފަދަ ރީތީ ފޮންޓަކުން ލިޔުން މުހިންމެވެ. މިޓޫލް މެދެވެރިކޮށް ކިޔަވައިދޭނަމަ މަލްޓި މީޑިޔާ ހުންނަ ކުލާސްތައް ބޭނުންވެއެވެ. މިފަދަ ކުލާސްތައް ނުލިބުމުގެ ސަބަބުން މި ޓޫލް ބޭނުންކުރުމަށް ނުހަނު ދަތިވެއެވެ. އެހެންކަމުން މިފަދަ ޓޫލްސްތައް ބޭނުންކޮށްގެން ގަޑިތައް ނެގޭފަދަ ގޮތަކަށް ކުލާސްތައް ފަރުމާކުރުމަކީ ބޭނުންތެރިކަމެކެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ގޫގަލް ސްލައިޑްސް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://business.tutsplus.com/tutorials/getting-started-with-google-slides--cms-21359
https://buffalo7.co.uk/google-slides-pros-and-cons/
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ގޫގަލް ސްލައިޑްސް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.quora.com/What-is-Google-Slides
https://www.google.com/slides/about/
ޓީޗަރސް ގައިޑް
1- ސާރޗް އިންޖިންއެއްގައި “googleslides.com” ޖެހުމަށްފަހު، ކުރިއަށް ދިޔުން
2- އެއަށްފަހު، "ބްލޭންކް +" އަށް ކްލިކްކޮށްލުމަށްފަހު “New slide” އަށް ވަނުން
3- ސްލައިޑްގެ ޑިޒައިން އެކުލަވައިލާ ތީމެއް ކަނޑައެޅުން
4- ފަސޭހައިން އިރުޝާދުދިނުން. އަދި ޕީޕީޓީދޭއިރު މަސައްކަތް ކުރަންވީ ގޮތް އަތުރާލެވިފައިވުން
5- މައުލޫމާތުތައް ޓެކްސްބޮކްސްގައި އެކުލަވައިލާއިރު، ވީހާވެސް ކުރުކޮށް ފޮނިކޮށް މައުލޫމާތުތައް ގެނައުން
6- މައުލޫމާތާ ގުޅޭ ފޮޓޯތަކާއި ވީޑިޔޯތައް އިންސާރޓްކުރުން
ސްޓޫޑަންޓް ގައިޑް
1- ސާރޗް އިންޖިންއެއްގައި “googleslides.com” ޖެހުމަށްފަހު، ކުރިއަށް ދިޔުން
2- އެއަށްފަހު، "ބްލޭންކް +" އަށް ކްލިކްކޮށްލުމަށްފަހު “New slide” އަށް ވަނުން
3- ސްލައިޑްގެ ޑިޒައިން އެކުލަވައިލާ ތީމެއް ކަނޑައެޅުން
4- މައުލޫމާތުތައް ޓެކްސްބޮކްސްގައި އެކުލަވައިލާއިރު، ވީހާވެސް ކުރުކޮށް ފޮނިކޮށް މައުލޫމާތުތައް ގެނައުން
5- ސްލައިޑަށް އެކަށީގެންވާވަރަށް މައުލޫމާތު ހިމެނުން
6- މައުލޫމާތާ ގުޅޭ ފޮޓޯތަކާއި ވީޑިޔޯތައް އިންސާރޓްކުރާއިރު ވީހާވެސް ބޮޑަށް ރިލެވެންޓް ތަކެތި ހިމެނުން
ގޫގަލް ކުލާސްރޫމް (Google Classroom) އަކީ ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް އުނގެނުމާއި އުނގަންނައި ދިނުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕްލެޓް ފޯމެކެވެ. މި ޓޫލްގެ މައިގަނޑު ބޭނުމަކީ ޓީޗަރުންނާއި ދަރިވަރުން އުނގެނުމާއި އުނގަންނައި ދިނުމަށްޓަކައި ބޭނުންވާނެ އެންމެހައި ވަސިލާތްތަކާއި ކިޔަވައި ދިނުމުގައި ދަރިވަރުން އެސަސްކުރުމަށް އެސައިންމަންޓުތަކާއި މާކްސްތަކުގެ އިތުރުން ފީޑްބެކް އެންމެ އެދެވޭ ގޮތުގައި ހިއްސާކުރުމެވެ. މި ޓޫލް މެދުވެރިކޮށް ޓީޗަރުންނަށް ތަފާތު މާއްދާތަކާއި އެކިއެކި ކުލާސްތައް މެނޭޖުކުރެވެއެވެ.
ޓޫލްގެ ލިންކް: https://classroom.google.com/u/0/h
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
ގޫގަލް ކުލާސްރޫމަކީ ފްރީ އޮންލައިން ލާރނިންގ ޕްލެޓްފޯމަކާ އަޅާބަލާއިރު ޓީޗަރުންނާއި ދަރިވަރުންނަށް އެއިން ގިނަގުނަ ފައިދާތަކެއް ލިބޭ އޮންލައިން ޚިދުމަތެކެވެ. މިގޮތުން ގޫގަލް ކުލާސްރޫމަކީ ފަސޭހަކަމާއެކު އެކްސަސްވެވޭ ޓޫލެކެވެ. ކޮންޕިއުޓަރެއް ނުވަތަ މޯބައިލް ޑިވައިސްއެއްގެ އެހީގައި ބޭނުންތާކުން ބޭނުންއިރަކު މި ޓޫލަށް އެކްސަސް ވެވޭނެއެވެ. ހަމައެހެންމެ، މި ޓޫލް މެދުވެރިކޮށް އެއްދަރިވަރުންގެ މެދުގައި ފިލާވަޅާ ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު ހިއްސާ ކުރެވޭނެއެވެ. ހަމަ މިފަދައިން ދަރިވަރުންނާއި ޓީޗަރުންވެސް އެކި ކަންކަމުގައި މި ޓޫލު މެދުވެރިކޮށް މައުލޫމާތު ބަދަލުކުރެވޭނެއެވެ. މިޓޫލުގެ ސަބަބުން އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރެވޭ ކަރުދާސް މަދުކުރެވެއެވެ. މީގެއިތުރުން ކިޔެވުމުގައި ފަހި މާހައުލެއް ގާއިމުކުރެވި ވަގުތު ސަލާމަތްކުރެވެއެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ގޫގަލް ކުލާސްރޫމަކީ އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލެކެވެ. މިގޮތުން ކުލާހުގައި މި ޓޫލް ބޭނުންކުރިއިރު ގެންޖެހުންތަކާ ދިމާވިއެއެވެ. އެގޮތުން އިންޓަނެޓް ނުލިބޭނަމަ މި ޓޫލް ބޭނުމެއް ނުކުރެވޭނެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންނަށް ފަސޭހަކަމާއެކު އިންޓަނެޓް ލިބޭގޮތައް ކިޔަވައިދޭ މާހައުލު ބައްޓަންކުރަން ޖެހެއެވެ. މި ޓޫލްގައި ދަރިވަރުން އެސަސްމަންޓުތައް ގުރޭޑް ކުރުމުގައި ބޭނުންކުރެވެނީ ހަމައެކަނި ނަންބަރެވެ. އެހެންކަމުން އެސަސްމަންޓުތައް މާކްކުރުމުގައި ރުބްރިކާއި މަލްޓިޕަލް ކްރައިޓީރިއާތައް މި ޓޫލްގައި ބޭނުމެއް ނުކުރެވެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެސަސްކުރާއިރު ނަންބަރު ބޭނުންކޮށްގެން މާކްސް ދެވޭފަދަގޮތަކަށް އެސަސްމަންޓް ފަރުމާކުރުން ވަރަށް މުހިންމެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ގޫގަލް ކުލާސްރޫމް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=M6L-nZGIUTE
https://www.youtube.com/watch?v=V0_p0fhdsTo
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ގޫގަލް ކުލާސްރޫމް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.bookwidgets.com/blog/2017/05/the-beginners-guide-to-google-classroom
https://teachercenter.withgoogle.com/first-day-trainings/welcome-to-classroom
ޓީޗަރސް ގައިޑް
ޓީޗަރުން ގޫގަލް ކުލާސްރޫމް ބޭނުންކުރުމަށްޓަކައި ތިރިގައިވާ ބައިތައް ފުރިހަމަ ކުރާށެވެ.
· ގޫގަލް ކުލާސްރޫމަށް ލޮގްއިންވުމަށް ތިރީގައިވާ މަރުހަލާތައް ތަރުތީބުން ފުރިހަމަ ކުރާށެވެ.
1) ގޫގަލް ކުލާސްރޫމަށް ލޮގްއިން ވުމަށްޓަކައި ޓޫލްގެ ލިންކް https://classroom.google.com/u/0/h ލޮގްއިންވުން.
2) "I am a Teacher" އޮޕްޝަން ނެގުން
3) ތިރިގައިވާ ފޮޓޯގައިވާގޮތައް"+" ފާހަގައަށް ކްލިކްކޮށްލުމަށްފަހު ކްލާސް ރޫމެއް ކްރިއޭޓް ކުރުން.
· މާއްދާއާ ގުޅޭ މައުލޫމާތު އަޕްލޯޑްކުރުން
1) ކިޔަވައިދޭ ކުލާސް ގޫގަލް ކުލާސްރޫމުގައި ހުޅުވުން
2) “Classwork” ޓެބަށް ކްލިކްކޮށްލުންމަށްފަހު މާއްދާއަށް ބޭނުންވާ މައުލޫމާތުތައް އެޑްކުރުމަށްފަހު ޕޯސްޓް ކުރުން
ގޫގަލް ކުލާސްރޫމުގައި އެސައިންމަންޓެއް އެކުލަވާލުން
1) ބޭނުންވާ ކުލާސް ކަނޑައެޅުމަށްފަހު “Classwork” ހުޅުވުން
2) “Create” ކުރުމަށްފަހު އެސައިންމަންޓް އެޑްކުރުމަށްފަހު އެސައިންމަންޓްގެ ސުރުހީ އެޑްކޮށް
އެސައިންމަންޓްގެ އިރުޝާދުތަށް އެކުލަވާލުން
3) ޑޭޓްގެ ބަޔަށްގޮސް އެސައިންމަންޓް ފެށާ ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު ކަނޑައެޅުން
4) “Assign” އަށް ކްލިކް ކުރުމަށްފަހު އެސައިންމަންޓް ދޭ ދަރިވަރުން ކަނޑައެޅުން
· ދަރިވަރުންގެ މަސައްކަތްތައް ގުރޭޑް ކުރުމާއި ފީޑްބެކް ދިނުން
1) ދަރިވަރުންގެ މަސައްކަތްތައް ހުށަހަޅާ ނިމުމުން “commenting features” ނެގުމަށްފަހު ފީޑް ބެކް އެޑްކޮށް ގުރޭޑްކުރުން
2) “pop-up box” ފީޑްބެކް ލިޔުމަށްފަހު “Return Assignment” އަށް ކުލިކްކޮށްލުން
ސްޓޫޑަންޓް ގައިޑް
ތިރިގައިވާ އިންފޯގްރެފިކުގައި އެވަނީ ދަރިވަރުން ގޫގަލް ކުލާސްރޫމް ބޭނުންކުރުމުގެ ލުއި ގައިޑެކެވެ.
އިންފޯގުރެފިކުން ދައްކުވައިދޭގޮތަށް ދަރިވަރުން ގޫގަލް ކުލާސްރޫމް ބޭނުންކުރުމަށްޓަކައި ތިރީގައިވާ ސްޓެޕްތައް ބޭނުންކުރަން ޖެހެއެވެ.
1) “join class” އަށް ވަންނުން
2) “join class” އަށް ވަންނުމަށްޓަކައި ޓީޗަރ ދެއްވާ ކޯޑް ބޭނުންކުރުން
3) ގޫގަލް ކުލާސްރޫމަށް ވަނުމުން “stream”, “classwork”, “people” ޓެބް ފެންނާނެ
4) އެސައިންމަންޓުތައް ބަލަން ބޭނުންނަމަ “View Assignment” އަށްވަނުން
5) ދަރިވަރު ކުރާ މަސައްކަތްތައް އަޕްލޯޑް ކުރަން ބޭނުންނަމަ “Create Work” އަށް ވަދެ ފައިލް އަޕްލޯޑް ކުރުމަށްފަހު “Done” އަށް ފިއްތާލުން
ޓޫލްގެ ތަޢާރަފު
ކަހޫޓް (Kahoot!) އަކީ ފަސޭހަކަމާއެކު ޓެސްޓެއް އެކުލަވާލުމަށްޓަކައި އޮންލައިން ގޭމެއް ގޮތަށް ތައްޔާރުކޮށްފައިވާ ޓޫލެކެވެ. މި ޓޫލަކީ ދަރިވަރުން އެސަސްކުރުމަށްޓައި ނުހަނު ބޭނުންތެރި ޓޫލެކެވެ. އެހެންކަމުން މި ޓޫލަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ދަރިވަރުންނަށްވެސް އަދި ޓީޗަރުންނަށްވެސް ނުހަނު ބޭނުންތެރި ޓޫލެކެވެ.
ޓޫލްގެ ލިންކް: https://kahoot.it/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
މި ޓޫލަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް ނުހަނު ބޭނުންތެރި ޓޫލެކެވެ. މި ޓޫލުމެދިވެރިކޮށް ފަސޭހަ ކަމާއެކު ޓެސްޓުތައް ފަރުމާކުރެވުމަކީ މި ޓޫލްގެ ބޭނުބްތެރިކަން އިތުކަން ހާމަކޮށްދޭކަމެކެވެ. މިގޮތުން ކުލާހުގައި ކުއިޒުތަކާއި މަލްޓިޕަލް ޗޮއިސް އާންސާރސްތައް ފަސޭހަކަމާއެކު އެކުލަވައިލާ ބޭނުންކުރެވެއެވެ. މި ޓޫލް ބެނުންކޮށްގެން ކުލާހުގައި ދަރިވރުންނަށް މަލްޓިޕަލް ޗޮއިސް އާންސާރސްގެ މަސައްކަތެއް ދެވުނެވެ. ދަރިވަރުން މި މަސައްކަތަށް ވަރަށް ގަޔާވިއެވެ. އަދި މި ޓޫލުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ވަގުތުން ނަތީޖާ ބަލައިލެވުމެވެ. މިގޮތުން ކުލާހުގައި ދަތިވަރުން މަސައްކަތް ކުރިއިރު މިގޮތަށް ވަގުތުން ނަތީޖާ އައުމުން ދަރިވަރުން އިތުރަށް މިޓޫލް ބޭނުންކުރުމަށް ގަޔާވިއެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ކަހޫޓް (Kahoot!) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މި ޓޫލް މެދުވެރިކޮށް ކޮންމެ ކޮންމެ ކަހަލަ ޓެސްޓެއް އެކުލަވައެއް ނުލެވެއެވެ. މޮ ޓޫލް ބޮޑަށް ބަރޯސާކޮށްފައިވަނީ ކުއިޒްތަކާއި މަލްޓިޕަލް ޗޮއިސް ސުވާލުކަށެވެ. އެހެންކަމުން މި ޓޫލް ބޭނުންކުރާއިރު މި ފަދަ ގޮތަކަށް ސުވާލުތައް ބައްޓަންކުރުން މުހިންމެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ކަހޫޓް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=2C34M3w1CQY
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ކަހޫޓް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
http://in.bgu.ac.il/computing/E-Learning/Documents/Kahoot_Tutorials.pdf
https://kahoot.com/files/2018/11/Kahoot-for-schools-solution-brief-Oct-2018.pdf
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “Kahoot” ޖެހުމަށްފަހު، "ކަހޫޓް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކުއިޒް އެކުލަވައިލުން
5- ދަރިވަރުންގެ މެއިލް ޗެކްކުރުވުމަށްފަހު، ނަން ޖަހައި ލްގުއިން ވާން ބުނާށެވެ. އެ ވަގުތު މުދައްރިސް ޕްރޮޖެކްޓާގެ ސްކުރީނުން "ޕިން" ދައްކާލާށެވެ. އަދި ހުރިހައި ދަރިވަރުން "ޕިން" ޖެހުމަށް އިރުޝަދުދިނުން
6- މުދައްރިސް "ޕްލޭ" ކުރުމުން ސުވާލުތައް ފެންނަމުންދާވަރަކަށް ދަރިވަރުން ޖަވާބު ދެމުން ދިޔުމަށް އިރުޝާދުދޭށެވެ. އަދި ސުވާލު ފެންނާނީ ސުކްރީނުން ކަމަށް ބުނާށެވެ. އެއަށްފަހު ޖަވާބުގައި "ސޭޕް" އޮޅުންފިލުވައިދިނުން
7- ވަގުތުން ސްކޯ ލިބޭކަން ބުނުން
8- ކަހޫޓް ހަދާނިމުމުން، ޖަވާބުތައް ޗެކްކޮށްލާށެވެ. އަދި އިތުރަށް ކިޔާލާށެވެ. ހަމައެހެންމެ ޕްރޮޖެކްޓަރ ރެޑީކޮށްލާށެވެ.
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “Kahoot” ޖެހުމަށްފަހު، "ކަހޫޓް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ޕްރޮޖެކްޓާގެ ސްކުރީނުން "ޕިން" ހަނދާން ބެހެއްޓުން. އަދި ހުރިހައި ދަރިވަރުން "ޕިން" ޖެހުން.
4- ސުވާލުތައް ފެންނާނީ ޕްރޮޖެކްޓާގެ ސްކުރީންނުންކަން ހަނދާން ބެހެއްޓުން.
5- މުދައްރިސް "ޕްލޭ" ކުރުމުން ސުވާލުތައް ފެންނަމުންދާވަރަކަށް ދަރިވަރުން ޖަވާބު ދެމުން ދިޔުން.
6- ޖަވާބުތަކުގެ ރަމްޒުގެ "ސޭޕް" އޮޅުންފިލުން ހަނދާން ބެހެއްޓުން.
7- ވަގުތުން ސްކޯ ލިބޭކަން އެނގުން.
8- އެންމެ ކުރިން ރަނގަޅު ޖަވާބަށް ފިތާލާ ދަރިވަރަކަށް މައިން މާކްސް ލިބުން.
9- ފަހަރަކު ސުވާލެއް ދެއްކުމުން ވީހައި ވެސް އަވަހަކަށް ޖަވާބުދިނުން.
ޓޫލްގެ ތަޢާރަފު
ގޫގަލް ފޯމްސް (Google Forms) އަކީ އޮންލައިންކޮށް ތަފާތު ކަންކަމާ ގުޅޭ ފޯމްތައް ތައްޔާރުކޮށް ފޯމްތައް ފުރުމަށްޓަކައި ވަރަށް ބޭނުންތެރި ޓޫލެކެވެ. އޮންލައިންކޮށް މައުލޫމާތު އެއްކޮށް ރައްކާކުރުމަށްޓަކައި މި ޓޫލް މިހާރު ވަރަށް އާންމުކޮށް ބޭނުންކުރެއެވެ. މި ޓޫލަކީ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ އެކިއެކި ކަންކަމުގައި ނުހަނު ބޭނުން ހިފިދާނެ ޓޫލެކެވެ.
ޓޫލްގެ ލިންކް: https://docs.google.com/forms
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށާއި ކްއިޒުތައް ކުރިއަށް ގެންދިއުމަށާއި ސާވޭ ކުރުމަށްޓަކައި ގޫގަލް ފޯމްސް ބޭނުންކުރެވެއެވެ. ހަމައެހެންމެ ފީޑްބެކް ދިނުމާއި ދަރިވަރުންނަށް ފިލާވަޅާ ގުޅޭ މަސައްކަތްތައް ދިނުމަށް ތަފާތު ވައްތަރުގެ ވޯކް ޝީޓްތައް ހެދުމަށްޓަކައި މި ޓޫލްގެ ބޭނުންކުރެވެއެވެ. ކުލާހުގައި މިޓޫލްގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެވުނެވެ. މި ޓޫލް ބޭނުންކޮށްގެން ފިލާވަޅާގުޅޭ ކުއިޒެއް ހަދަން ދެވުނެވެ. މި މަސައްކަތް ވެގެންދިޔައީ ދަރިވަރުންނަށް ވަރަށް ޝައުޤުވެރި މަސައްކަތަކަށެވެ. އަދި މަސައްކަތް ނިންމާލަމުން މި ޓޫލް ބޭނުންކޮށްގެން ކުރެވުނު މަސައްކަތާމެދު ދަރިވަރުންގެ ފީޑްބެކް ފީމެއް ފުރުއްވީމެވެ. މި ޓޫލް މެދުވެރިކޮށް ކުރެވުނު މަސައްކަތުން ދަރިވަރުން ވަރަށް ޝައުޤުވެރިކަމާއެކު މަސައްކަތުގައި ބައިވެރިކުރެވުނެވެ. އެގޮތުން ވެގެންދިޔައީ ދަރިވަރުން ވަރަށް ގަޔާވާ ޓޫލަކަށެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ގޫގަލް ފޯމްސް (Google Forms) އަކީ މި ޓޫލަށް ދަރިވަރުން އަހުލުވެރި ވެފައިނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. ފޯމް ބޭނުންކުރާއިރު އެއްފަހަރާ އެއްތައް ބަޔަކަށް އެޑިކޮށް އުނިއިތުރު ގެނެވޭތީ ބައެއްފަހަރު މައުލޫމާތު ރައްކާކުރުމުގައި އޮޅުން އަރައެވެ. އެހެންކަމުން ކޮންމެ ކޮންމެ މީހަކަށް މައުލޫމަތުތައް އެޑިކޮށް އުނިއިތުރު ނުގެނެވޭގޮތް ހެދުމަކީ މި ޓޫލުގެ ސަބަބުން ދިމާވާ މައްސަލަތައް މަދުކުރެވިދާނެ ކަމެކެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ގޫގަލް ފޯމްސް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=Z66DwPXzVvM
https://www.youtube.com/watch?v=xnOawMT4_QI
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ގޫގަލް ފޯމްސް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://gsuite.google.com/learning-center/products/forms/get-started/#!/
https://www.mydatascope.com/blog/en/2018/06/15/advantages-and-disadvantages-of-google-forms/
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “Google forms” ޖެހުމަށްފަހު، ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ފޯމް އެކުލަވާލަން ބޭނުންވާގޮތަށް ފޯމް ފަރުމާކުރުން (ކުއިޒް، ސާވޭ، ވޯކްޝީޓްސް...)
5- އެކުލަވާލި ފޯމް ބޭނުންވާ ފަރާތްތަކާ ލިންކް ޝެއަރ ކުރުން
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “Google forms” ޖެހުމަށްފަހު، ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ފޯމް އެކުލަވާލަން ބޭނުންވާގޮތަށް ފޯމް ފަރުމާކުރުން (ކުއިޒް،ސާވޭ...)
5- އެކުލަވާލި ފޯމް ބޭނުންވާ ފަރާތްތަކާ ލިންކް ޝެއަރ ކުރުން
6- ފޯމަށް ރެސްޕޯންސް އަންނަވަރު ބެލުން
ޓޫލްގެ ތަޢާރަފު
އެޑްމޯޑޯ(Edmodo) އަކީ މިއީ ކުލާސްރޫމް މަޝްވަރާތައް ކުލާހުގެ ތެރޭގައާއި ކުލާހުން ބޭރުގައި ކުރިއަށް ގެންދިޔުމަށް އެހީތެރިވެދޭ [ފޭސްބުކް] ސްޓައިލްގެ އިޖުތިމާޢީ ޕްލެޓްފޯމެކެވެ. މީ ޓޫލް މެދުވެރިކޮށް ފިލާވަޅާގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާކޮށްލެވެއެވެ. ހަމަ އެހެންމެ ފިލާވަޅުތަކާ ގުޅޭ ފޮޓޯތަކާއި ވީޑިޔޯތައް ހިއްސާކުރުމަކީ މި ޓޫލުގެ އެއް ބޭނުމެވެ. މި ޓޫލް މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ދަރިވަރުންނާއި ދަރިވަރުންވެސް މުއާމަލާތުކުރެވެއެވެ. މި ޓޫލުގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނަށްވެސް މި ޓޫލް ބޭނުންކުރެވޭ ގޮތަށް ވަނީ ފަރުމާކޮށްފައެވެ.
ޓޫލްގެ ލިންކް: https://www.edmodo.com/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
އެޑްމޯޑޯ(Edmodo) ޓޫލް ބޭނުންކޮށްގެން ގޭގެ ކިޔަވާ މާހައުލާއި ސްކޫލުގެ ކިޔަވާ މާހައުލާ ގުޅުވާލެވެއެވެ. މިގޮތުން ގޭގައި ހުރެގެންވެސް މި ޓޫލް މެދުވެރިކޮށް ފިލާވަޅުތަކުގައި ބައިވެރިވެވި، ފިލާވަޅުތަކާއި ގުޅޭތަފާތު މަޝްވަރާތަކުގައި ބައިވެރިވެވެއެވެ. މި ޓޫލް ދަރިވަރުންނަށާއި މުދައްރިސުންނަށް މުހިންމުވާ މައިގަނޑު ސަބަބަކީ ފިލާވަޅާގުޅޭ މައުލޫމާތުތައް ހިއްސާކުރެވުމެވެ. މިގޮތުން ފިލާވަޅާގުޅޭ ފޮޓޯތަކާއި ވީޑިޔޯތަކުގެ އިތުރުން ފިލާވަޅަށް ބޭނުންވާ ލިންކްތައް މި ޓޫލް މެދުވެރިކޮށް ހިއްސާކުރެވެއެވެ. މި ޓޫލަކީ ސެކިއުރިޓީ ވަރުގަދަ އަދި ރައްކާތެރި ޓޫލެކެވެ. އެގޮތުން ބޭނުންވެންޖެ ހިނދެއްގައި ގުރޫޕްތަކާއި އަޕްލޯޑްކުރާ ފައިލްތައް ލޮކްކުރެވެއެވެ. މި ޓޫލުގެ މެދުވެރިކޮށް ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެވި ކިޔެވުމަށާއި އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކުރެވެއެވެ. ހަމައެހެންމެ މި ޓޫލް މެދުވެރިކޮށް ކަލަންޑަރުގައި ކުރަން ރޭވިފައި ހުންނަ މަސައްކަތްތަކުގެ އިތުރުން ކުރިއަށް ކުރަން ރޭވިފައިވާ ކަންކަން ބަލައިލެވެއެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
އެޑްމޯޑޯއަކީ އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލެކެވެ. ކުލާހުގައި މި ޓޫލް ބޭނުންކުރިއިރު، ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އެގޮތުން އިންޓަނެޓް ނުލިބޭނަމަ މި ޓޫލް ބޭނުމެއް ނުކުރެވޭނެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންނަށް ފަސޭހަކަމާއެކު އިންޓަނެޓް ލިބޭގޮތައް ކިޔަވައިދޭ މާހައުލު ބައްޓަންކުރަން ޖެހެއެވެ. މި ޓޫލްގައި ދަރިވަރުން، އެއްދަރިވަރަކު އަނެއް ދަރިވަރަކާ ކަންކަން ހިއްސާކޮށް މުއާމަލާތުކުރުން ހިމެނޭ ޓޫލަކަށްވާތީ، ބައެއްކުދިންގެ ފަރާތުން ކޮންމެހެން ހިއްސާކުރަން ނުޖެހޭ ވާހަކަތަކާއި ޝެއާތައް މި ޓޫލުމެދުވެރިކޮށް ފެނެއެވެ. އެހެންކަމުން މި މަސައްލަ މަދުކުރުމަށްޓަކައި ދަރިވަރުން ހިއްސާކުރާ މައުލޫމާތުތަކާއި ކުރާ ޝެއާރ ތައް އެޑްމިން ކައިރިން ބަލަންޖެހެއެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
އެޑްމޯޑޯ ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=zzXt4PqZvd0
https://www.youtube.com/watch?v=v8l5SAtXBBs
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
އެޑްމޯޑޯ ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.sciencedirect.com/science/article/pii/S1877042814042396
https://www.symbaloo.com/mix/everythingedmodo
ޓީޗަރސް ގައިޑް
1) އެޑްމޯޑޯ ސައިޓަށް ވަދެ ޓީޗަރުގެބައި ސެލެކްޓްކޮށް އެކައުންޓެއް ހުޅުވުން
2) “create a group” އަށްވަދެ ގުރޫޕެއް ހެދުމަށްފަހު ޕޭޖް ސެޓަޕެއް ހެދުން
3) އެކުލަވާލި ގުރޫޕަށް ދަރިވަރުން “add” ކުރުން
4) ކަލަންޑަރގައި ކުރިއަށް ރޭވިފައިވާ އެކްޓިވިޓީތައް އެކުލަވާލުން
5) ދަރިވަރުންނަށް ދޭ މަސައްކަތްތަކާއި އެކްޓިވިޓީތައް އެކުލަވާލުން
6) ދަރިވރުންގެ ކަންކަން ގާތުން ބެލުމާއެކު ދަރިވަރުންނަށް ބޭނުންވާ އާންމު އިރުޝާދުތައް ދިނުން
ސްޓޫޑަންޓް ގައިޑް
1) އެޑްމޯޑޯ ސައިޓަށް ވަދެ ދަރިވަރުގެބައި ސެލެކްޓްކޮށް އެކައުންޓެއް ހުޅުވުން
2) ދަރިވަރުގެ އެޑްމޯޑޯ ޕޭޖް ސެޓަޕެއް ހަދާލުން
3) ޓީޗަރ އިންވައިޓް ކޮށްފައިވާ ގުރޫޕްތައް “accept” ކުރުން
4) އެކްޓިވިޓީ ކަލަންޑަރ ޗެކްކޮށް ކަލަންޑަރުގައި ރޭވިފައިވާ ޓާސްތައް ފުރިހަމަ ކުރުން
5) ފިލާވަޅާގުޅޭ މައުލޫމާތު ހިއްސާކޮށް، މަޝްވަރާތަކުގައި ބައިވެރިވުން
6) ފިލާވަޅާ ގުޅޭ ލިންކްތަކާއި ފޮޓީ އަދި ވީޑިޔޯ ޝެއާރ ކުރުން
ޓޫލްގެ ތަޢާރަފު
ވެންގޭޖް (Vanngage) އަކީ ފިލާވަޅާގުޅޭ މައުލޫމާތުތައް ޚުލާސާކުރުމަށް ވަރަށް ބޭނުންތެރި ޓޫލެކެވެ. މި ޓޫލް މެދުވެރިކޮށް މައިންޑްމެޕް ހެދުމާއި ކުއިޒު ތައްޔާރުކުރުމާއި އިންފޯގުރެފިކް ތައްޔާރުކުރުންފަދަ މުހިންމު ކަންތައްތައް ކުރެވެއެވެ. އެހެންކަމުން މި ޓޫލަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ދަރިވަރުންނަށްވެސް އަދި ޓީޗަރުންނަށްވެސް ނުހަނު ބޭނުންތެރި ޓޫލެކެވެ.
ޓޫލްގެ ލިންކް: https://venngage.com/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
މައުލޫމަތުތައް ޚުލާސާކޮށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. މި ޓޫލް މެދުވެރިކޮށް ޓީޗަރުންނަށް ބޮޑު ފިލާވަޅުތައް ޚުލާސާކޮށް ދަރިވަރުންނަށް ދަސްކުރަން ފަސޭހަވާފަދަގޮތަކަށް ބުނެދެވެއެވެ. ހަމައެހެންމެ ދަރިވަރުންނަށްވެސް އުނދަގޫ ފިލާވަޅުތައް ޚުލާސާކޮށް ދަސްކުރެވެއެވެ. މި ޓޫލް މެދުވެރިކޮށް ފިލާވަޅާ ގުޅޭ ކުއިޒުތަކާއި މަންއިންޑްމެޕާއި ތަފާތު ވައްތަރުގެ އިންފޯގުރެފިކް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވެއެވެ. މި ޓޫލަށް ދަރިވަރުން ޝައުޤުވެރިވާ އެއް ސަބަބަކީ މިޓޫލުގައި ކުރާ މަސައްކަތްތައް އޮޓޯ ސެވްކުރެވުމާއި ބޭނުންވާ ފޮޓޯތަކާއި ވީޑިޔޯތައް ހުށަހަޅައިދެވޭތީއެވެ. މީގެއިތުރުން މި ޓޫލް މެދުވެރިކޮށް ދަރިވަރުން ފިލާވަޅުގެ ޝައުޤުވެރިކަން އުފައްދައިދެއެވެ. އަދި ފިލާވަޅުގައި ދޭވެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ވެންގޭޖް (Vanngage) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މިޓޫލް މެދެވެރިކޮށް ކިޔަވައިދޭނަމަ މަލްޓި މީޑިޔާ ހުންނަ ކުލާސްތައް ބޭނުންވެއެވެ. މިފަދަ ކުލާސްތައް ނުލިބުމުގެ ސަބަބުން މި ޓޫލް ބޭނުންކުރުމަށް ނުހަނު ދަތިވެއެވެ. އެހެންކަމުން މިފަދަ ޓޫލްސްތައް ބޭނުންކޮށްގެން ގަޑިތައް ނެގޭފަދަ ގޮތަކަށް ކުލާސްތައް ފަރުމާކުރުމަކީ ބޭނުންތެރިކަމެކެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ވެންގޭޖް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=jb1kY64ywBk
https://www.youtube.com/watch?v=a4xOQXFddVU&vl=en
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ވެންގޭޖް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://infograph.venngage.com/p/144586/advantages-and-disadvantages
https://infograph.venngage.com/p/116861/use-of-technology-advantage-ans-disadvantage
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “Vanngage” ޖެހުމަށްފަހު، "ވެންގޭޖް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކިޔަވައިދެއްވާ ފިލާވަޅުގެ ސުރުހީ ޖަހައި ފިލާވަޅުގައި ހިމެނޭ ނުހިންނު ނުކުތާތައް ޖެހުން
5- އެކުލަވާލި ފިލާވަޅަށް ބޭނުންވާކަހަލަ އެޑިޓްތައް ގެނެސް ފޮޓޯތައް ހިމެނުން
6- ބޭނުންވާ މައުލޫމާތުތައް ހިމަނާ ނިމުމުން ބޭނުންވާ ޑިޒައިނެއްގެ ވެންގޭޖެއް އެކުލަވާލައި ފައިނަލްކުރުން
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “Vanngage” ޖެހުމަށްފަހު، "ވެންގޭޖް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކިޔަވައިދެއްވާ ފިލާވަޅުގެ ސުރުހީ ޖަހައި ފިލާވަޅުގައި ހިމެނޭ ނުހިންނު ނުކުތާތައް ޖެހުން
5- އެކުލަވާލި ފިލާވަޅަށް ބޮޑަށް ދަސްކުރުމަށް ބޭނުންވާ ބައިތައް ހިމެނުން
6- ބޭނުންވާ މައުލޫމާތުތައް ހިމަނާ ނިމުމުން ބޭނުންވާ ޑިޒައިނެއްގެ ވެންގޭޖެއް އެކުލަވާލައި ޓީޗަރގެ ލަފާގެމަތިން ފައިނަލްކުރުމަށްފަހު ދަރިވަރުންނާ ހިއްސާކުރުން
ޓޫލްގެ ތަޢާރަފު
މައިންޑްމެއިސްޗަރ (mindmeister) އަކީ ފިލާވަޅާގުޅޭ މައުލޫމާތުތައް ޚުލާސާކުރުމަށް ވަރަށް ބޭނުންތެރި ޓޫލެކެވެ. މި ޓޫލް މެދުވެރިކޮށް މައިންޑްމެޕް ހެދުމާއި ކުއިޒު ތައްޔާރުކުރުމާއި އިންފޯގުރެފިކް ތައްޔާރުކުރުންފަދަ މުހިންމު ކަންތައްތައް ކުރެވެއެވެ. އެހެންކަމުން މި ޓޫލަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ދަރިބަރުންނަށްވެސް އަދި ޓީޗަރުންނަށްވެސް ނުހަނު ބޭނުންތެރި ޓޫލެކެވެ.
ޓޫލްގެ ލިންކް: https://www.mindmeister.com
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
މައުލޫމަތުތައް ޚުލާސާކޮށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. މި ޓޫލް މެދުވެރިކޮށް ޓީޗަރުންނަށް ބޮޑު ފިލާވަޅުތައް ޚުލާސާކޮށް ދަރިވަރުންނަށް ދަސްކުރަން ފަސޭހަވާފަދަގޮތަކަށް ބުނެދެވެއެވެ. ހަމައެހެންމެ ދަރިވަރުންނަށްވެސް އުނދަގޫ ފިލާވަޅުތައް ޚުލާސާކޮށް ދަސްކުރެވެއެވެ. މި ޓޫލް މެދުވެރިކޮށް ފިލާވަޅާ ގުޅޭ ކުއިޒުތަކާއި މަންއިންޑްމެޕާއި ތަފާތު ވައްތަރުގެ އިންފޯގުރެފިކް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވެއެވެ. މި ޓޫލަށް ދަރިވަރުން ޝައުޤުވެރިވާ އެއް ސަބަބަކީ މިޓޫލުގައި ކުރާ މަސައްކަތްތައް އޮޓޯ ސެވްކުރެވުމާއި ބޭނުންވާ ފޮޓޯތަކާއި ވީޑިޔޯތައް ހުށަހަޅައިދެވޭތީއެވެ. މީގެއިތުރުން މި ޓޫލް މެދުވެރިކޮށް ދަރިވަރުން ފިލާވަޅުގެ ޝައުޤުވެރިކަން އުފައްދައިދެއެވެ. އަދި ފިލާވަޅުގައި ދޭވެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
މައިންޑްމެއިސްޗަރ (mindmeister) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މިޓޫލް މެދެވެރިކޮށް ކިޔަވައިދޭނަމަ މަލްޓި މީޑިޔާ ހުންނަ ކުލާސްތައް ބޭނުންވެއެވެ. މިފަދަ ކުލާސްތައް ނުލިބުމުގެ ސަބަބުން މި ޓޫލް ބޭނުންކުރުމަށް ނުހަނު ދަތިވެއެވެ. އެހެންކަމުން މިފަދަ ޓޫލްސްތައް ބޭނުންކޮށްގެން ގަޑިތައް ނެގޭފަދަ ގޮތަކަށް ކުލާސްތައް ފަރުމާކުރުމަކީ ބޭނުންތެރިކަމެކެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
މައިންޑްމެއިސްޗަރ ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=8dbr03NswEY
https://www.youtube.com/watch?v=3DqEoM5fKJg
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
މައިންޑްމެއިސްޗަރ ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.mindmeister.com/26776493/features
https://www.mindmeister.com/content/education
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “mindmeister” ޖެހުމަށްފަހު، "މައިންޑްމައިސްޓަރ" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކިޔަވައިދެއްވާ ފިލާވަޅުގެ ސުރުހީ ޖަހައި ފިލާވަޅުގައި ހިމެނޭ ނުހިންނު ނުކުތާތައް ޖެހުން
5- އެކުލަވާލި ފިލާވަޅަށް ބޭނުންވާކަހަލަ އެޑިޓްތައް ގެނެސް ފޮޓޯތައް ހިމެނުން
6- ބޭނުންވާ މައުލޫމާތުތައް ހިމަނާ ނިމުމުން ބޭނުންވާ ޑިޒައިނެއްގެ މައިންޑްމިއެސްޗަރ އެއް އެކުލަވާލައި ފައިނަލްކުރުން
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “mindmeister” ޖެހުމަށްފަހު، "މައިންޑްމައިސްޓަރ" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކިޔަވައިދެއްވާ ފިލާވަޅުގެ ސުރުހީ ޖަހައި ފިލާވަޅުގައި ހިމެނޭ ނުހިންނު ނުކުތާތައް ޖެހުން
5- އެކުލަވާލި ފިލާވަޅަށް ބޮޑަށް ދަސްކުރުމަށް ބޭނުންވާ ބައިތައް ހިމެނުން
6- ބޭނުންވާ މައުލޫމާތުތައް ހިމަނާ ނިމުމުން ބޭނުންވާ ޑިޒައިނެއްގެ މައިންޑްމިއެސްޗަރ އެއް އެކުލަވާލައި ޓީޗަރގެ ލަފާގެމަތިން ފައިނަލްކުރުމަށްފަހު ދަރިވަރުންނާ ހިއްސާކުރުން
ޓޫލްގެ ތަޢާރަފު
ޓެސްޓްމޮޒް (Testmoz) އަކީ ފަސޭހަކަމާއެކު ޓެސްޓެއް އެކުލަވާލުމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޓޫލެކެވެ. މި ޓޫލަކީ ދަރިވަރުން އެސަސްކުރުމަށްޓައި ނުހަނު ބޭނުންތެރި ޓޫލެކެވެ. އެހެންކަމުން މި ޓޫލަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ދަރިވަރުންނަށްވެސް އަދި ޓީޗަރުންނަށްވެސް ނުހަނު ބޭނުންތެރި ޓޫލެކެވެ.
ޓޫލްގެ ލިންކް: https://testmoz.com/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
މި ޓޫލަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް ނުހަނު ބޭނުންތެރި ޓޫލެކެވެ. މި ޓޫލުމެދިވެރިކޮށް ފަސޭހަ ކަމާއެކު ޓެސްޓުތައް ފަރުމާކުރެވުމަކީ މި ޓޫލްގެ ބޭނުބްތެރިކަން އިތުކަން ހާމަކޮށްދޭކަމެކެވެ. މިގޮތުން ކުލާހުގައި ކުއިޒުތަކާއި މަލްޓިޕަލް ޗޮއިސް އާންސާރސްތައް ފަސޭހަކަމާއެކު އެކުލަވައިލާ ބޭނުންކުރެވެއެވެ. މި ޓޫލް ބެނުންކޮށްގެން ކުލާހުގައި ދަރިވރުންނަށް މަލްޓިޕަލް ޗޮއިސް އާންސާރސްގެ މަސައްކަތެއް ދެވުނެވެ. ދަރިވަރުން މި މަސައްކަތަށް ވަރަށް ގަޔާވިއެވެ. އަދި މި ޓޫލުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ވަގުތުން ނަތީޖާ ބަލައިލެވުމެވެ. މިގޮތުން ކުލާހުގައި ދަތިވަރުން މަސައްކަތް ކުރިއިރު މިގޮތަށް ވަގުތުން ނަތީޖާ އައުމުން ދަރިވަރުން އިތުރަށް މިޓޫލް ބޭނުންކުރުމަށް ގަޔާވިއެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ޓެސްޓްމޮޒް (Testmoz) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މި ޓޫލް މެދުވެރިކޮށް ކޮންމެ ކޮންމެ ކަހަލަ ޓެސްޓެއް އެކުލަވައެއް ނުލެވެއެވެ. މޮ ޓޫލް ބޮޑަށް ބަރޯސާކޮށްފައިވަނީ ކުއިޒްތަކާއި މަލްޓިޕަލް ޗޮއިސް ސުވާލުކަށެވެ. އެހެންކަމުން މި ޓޫލް ބޭނުންކުރާއިރު މި ފަދަ ގޮތަކަށް ސުވާލުތައް ބައްޓަންކުރުން މުހިންމެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ޓެސްޓްމޮޒް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=NCSA23ulNe0
https://www.youtube.com/watch?v=R-K7PwqsWCI
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ޓެސްޓްމޮޒް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.educatorstechnology.com/2015/12/testmoz-great-tool-for-creating-graded-quizzes.html
https://e-ssessment.weebly.com/testmoz.html
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “Testmoz” ޖެހުމަށްފަހު، "ޓެސްޓްމޮޒް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ގޫގުލްގައި “testmoz” ޖެހުމަށްފަހު، “make a test” ހިޔާރުކުރުން
5- އެއަށްފަހު، ވާތްފަރާތުގައިވާ 3 ގޮޅި ފުރިހަމަކުރާށެވެ. އަދި ތިރީގައިވާ އިރުޝާދުތައް ރަނގަޅަށް ކިޔަން ހަނދާކޮށްދޭށެވެ. އެއީ "ވޯނިންގ" ޖަހާފައިވާ ބައެކެވެ. ދެން "ކޮންޓިނިއުސް" އަށް ފިއްތާލުން
6- ދެން "ކުއިޒް" ހެދުމަށް ބުނާށެވެ. ތަފާތު ވައްތަރުގެ ސުވާލުތައް ހެދޭނެކަން ދައްކުވައިދޭށެވެ. (މަލްޓިޕަލް ޗޮއިސް، ކުރު ޖަވާބު، "ޓުރޫ / ފޯލްސް" ......)
7- ދަރިވަރުންގެ ރެސްޕޯންސް ބެލުން
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “Testmoz” ޖެހުމަށްފަހު، "ޓެސްޓްމޮޒް" ޓޫލް ނެގުން
2- ގޫގުލް އެކައުންޓަކުން ނުވަތަ ފޭސްބުކް އެކައުންޓްން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ގޫގުލްގައި “testmoz” ޖެހުމަށްފަހު، “make a test” ހިޔާރުކުރުން
5- އެއަށްފަހު، ވާތްފަރާތުގައިވާ 3 ގޮޅި ފުރިހަމަކުރާށެވެ. އަދި ތިރީގައިވާ އިރުޝާދުތައް ރަނގަޅަށް ކިޔަން ހަނދާކޮށްދޭށެވެ. އެއީ "ވޯނިންގ" ޖަހާފައިވާ ބައެކެވެ. ދެން "ކޮންޓިނިއުސް" އަށް ފިއްތާލުން
6- ދެވިފައިވާ ސްވާލުތަކަށް އިރުޝާދުގައިވާގޮތުގެމަތީން ޖަވާބުދިނުން
7- އެންމެ ފަހުން ނަތީޖާ ޗެކްކޮށްލުން
ޓޫލްގެ ތަޢާރަފު
ޕްރޭޒީ (Prezi) އަކީ މައިކްރޯ ސޮފްޓުން ތައްޔާރުކޮށްފައިވާ މައިކްރޯ ސޮފްޓް ޕަވަރ ޕޮއިންޓާ އެއްފަދަ ޓޫލެކެވެ. އުފެއްދުންތެރި ޑިޒައުންތަކާއި ޝައުޤުވެރިވާފަދަ އެނިމޭޝަންސްތަކާއި ފަސޭހަކަމާއެކު ސްލައިޑްތައް ތައްޔާރުކުރެވޭނެގޮތް ޕްރޭޒީގައި ހިމަނާފައިވެއެވެ. އެހެންކަމުން ޕްރޭޒީ މެދުވެރިކޮށް ފިލާވަޅުތައް ޝައުޤުވެރިކަމާއެކު ހުށަހަޅައިދެވެއެވެ. މީގެއިތުރުން އެއްފަހަރާ އެތައްބަޔަކަށް ގޫގަލް ސްލައިޑްސްއަށް މައުލޫމާތު އުނި އިތުރުގެނެވި އެއްފަހަރާ ގިނަބަޔަކަށް ބޭނުންކުރެވެއެވެ.
ޓޫލްގެ ލިންކް: https://prezi.com/
ޓޫލުގެ ފުރިހަމަ ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް
ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. ހަމައެހެންމެ ލެކްޗަރ ގަޑިތައް ނަގައިދިނުމާއި ވީހާވެސް ބޮޑަށް ވިޒުވަލްކޮށް ފިލާވަޅާއި ގުޅޭ މައުލޫމާތާއި ތަސްވީރުތައް ދެއްކުމަށްޓަކައި މި ޓޫލް އެހީވެދެއެވެ. މިއީ ފިލާވަޅު މުރާޖާކުރުމަށާއި ދަސްކުރުމަށް ބޭނުންކުރަން ފަސޭހަ ޓޫލެކެވެ. މި ޓޫލް ކިޔަވައިދިނުމުގައި ބޭނުންކުރުމުގެ ސަބަބުން ދަރިވަރުން ފިލާވަޅުގެ ތެރެއަށް ވައްދައިދީ ޝައުޤުވެރިކުރުވައެވެ. ހަމައެހެންމެ އެއްފަހަރާ ހުރިހާކުދިންނަށް މަސައްކަތް ކުރަން ފުރުސަތު ހޯދައިދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން ބޮޑުވެއެވެ. މީގެއިތުރުން އޮޓޯސޭވްވެފައި އެއްފަހަރާ ގުރޫޕް މަސައްކަތްތައް ކުރިއަށް ގެންދެވޭތީ މި ޓޫލަކީ ހުރިހާ ވައްތަރެއްގެ ލާރނާސްއަށްވެސް ކަމުދާ ޓޫލަކަށް ވެފައި މި ޓޫލްގެ ބޭނުން ބޮޑެވެ. ކުލާހުގައި މި ޓޫލް ކުރިއަށްގެންދިޔައިރު ފާހަގަ ކުރެވުނީ މިއީ ދަރިވަރުން ވަރަށް ގަޔާވާ ޓޫލެއްކަމެވެ. އެއްފަހަރާ ހުރިހާ ދަރިވަރުންނަށް ޓޫލް ބޭނުންކޮށް ފިލާވަޅުގެ މަސައްކަތް ކުރިއަށްގެންދެވޭތީ ހުރިހާ ކުދީންވެސް މަސައްކަތުގައި ބައިވެރިވިއެވެ. ހަމައެހެންމެ ތަފާތު ވައްތަރުގެ ވެރައިޓީސް ޕްރޭޒެންޓޭޝަންސް ތަކުން ފެނުނެވެ.
ޓޫލްގެ ލިމިޓޭޝަންތަކާއި ލިމިޓޭޝަން މެނޭޖުކުރާނެގޮތްތައް
ޕްރޭޒީ (Prezi) އަކީ ޑިޖިޓަލް ޑިވައިސްއެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލަކަށް ވީއިރު، މި ފަދަ ޑިވައިސްތަކަށް ދަރިވަރުން އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މިފަދަ ޓޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކުރިން މި ޓޫލްތަކަށް ދަރިވަރުން އަހުލުވެރިކުރުންވަރަށް މުހިންމެވެ. މި ޓޫލުގައި ދިވެހި ބަހުގެ ބޭނުންވާ ކޮންމެ ކޮންމެ ފޮންޓެއް ނުލިބެއެވެ. އެހެންކަމުން ކިޔަން އެނގޭ ފަދަ ރީތީ ފޮންޓަކުން ލިޔުން މުހިންމެވެ. މިޓޫލް މެދެވެރިކޮށް ކިޔަވައިދޭނަމަ މަލްޓި މީޑިޔާ ހުންނަ ކުލާސްތައް ބޭނުންވެއެވެ. މިފަދަ ކުލާސްތައް ނުލިބުމުގެ ސަބަބުން މި ޓޫލް ބޭނުންކުރުމަށް ނުހަނު ދަތިވެއެވެ. އެހެންކަމުން މިފަދަ ޓޫލްސްތައް ބޭނުންކޮށްގެން ގަޑިތައް ނެގޭފަދަ ގޮތަކަށް ކުލާސްތައް ފަރުމާކުރުމަކީ ބޭނުންތެރިކަމެކެވެ.
ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ
ޕްރޭޒީ ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.youtube.com/watch?v=ccaI7J8ohr8
https://www.youtube.com/watch?v=AlvWXa_uiZo
ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ
ޕްރޭޒީ ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.
https://www.quora.com/What-are-the-advantages-and-disadvantages-of-Prezi
https://www.anthonynolan.org/sites/default/files/Prezi%20guide_0.pdf
ޓީޗަރސް ގައިޑް
1- ސަރޗްއިންޖިންގައި “www.prezi.com” ޖެހުމަށްފަހު، ޓޫލްއަށް ވަނުން
2- އެކައުންޓަކުން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް" ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ފިލާވަޅާގުޅޭ މައުލޫމާތު ހިމެނުން (މައުލޫމާތު ހިމަނާނީ ކުރުކޮށް ޚުލާސާކޮށް)
5- ކޮންމެ ސްލައިޑެއްގައި ހިމެނި މައުލޫމާތާއި ގުޅޭ ފޮޓޯ އަދި ވީޑިޔޯ ހިމެނުން
ސްޓޫޑަންޓް ގައިޑް
1- ސަރޗްއިންޖިންގައި “www.prezi.com” ޖެހުމަށްފަހު، ޓޫލްއަށް ވަނުން
2- އެކައުންޓަކުން “sign in” ވުން
3- ބޭނުން"ޓެމްޕްލެޓެއް" ނެގުމަށްފަހު ޕޭޖް ސެޓްއަޕެއް ހެދުން
4- ކުލާހުގައި ހުށަހެޅުމަށް އެކުލަވާލި މައުލޫމާތުތައް ސްލައިޑުގައި ހިމެނުން
5- ކޮންމެ ސްލައިޑެއްގައި ހިމެނި މައުލޫމާތާއި ގުޅޭ ފޮޓޯ އަދި ވީޑިޔޯ ހިމެނުން
6- ކިޔަން ފސޭހަވާނެފަދަ ފޮންޓަކުން ސްލައިޑްތަކުގައި ލިޔުން
7- ސްލައިޑްތަކަށް އެކަށިގެންވާ ވަރަށް އެނިމޭޝަންތައް ހިމެނުން
sites.google.com/mnu.edu.mv/est535ictineducation/home/using-videos-in-teaching
ޝައުގުވެރިކަން ހުންނާނެފަދަ ވީޑިޔޯއެއް ހޯދުން
ދަރިވަރުންގެ އުމުރާ ގުޅޭ ވީޑިއޯއެއް އިޚުތިޔާރު ކުރުން
ވީޑިއޯގައި ބުނާ އެއްޗަކީ ފިލާވަޅު ކުރިއަށް ގެންދަން ދަރިވަރަށް ފަސޭހައިން ވިސްނޭނެ ފަދަ އެއްޗަކަށް ވުން
ވީޑިޔޯއަކީ ދަރިވަރުން ހޭދަ ކުރި ވަގުތުގެ އަގު ވަޒަން ކުރެވޭ ފަދަ އެއްޗަކަށް ވުން
ü