މި މަސައްކަތަކީ، ކިޔަވައިދިނުމުގައި މުދައްރިސުންނަށް އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފިދާނެ މަސައްކަތެއްކަމަށް ދެކެމެވެ. އެގޮތުން ގޫގުލް ސައިޓުގައި ސުވާލު ތައްޔާރުކޮށް، ކުދީންނަށް ޖަވާބުދިނުމުގެ ފުރުޞަތު ދިނުމުން ކުދީން އިތުރަށް ޝައުޤުވެރިވާނެއެވެ. މީގެ އިތުރުން ބްލޫމްސް އޮފް ޓެކްސޮނޮމީގެ ހައިރާކީގެ ދަށުން ސުވާލު ތައްޔާރުކޮށް، ކުދީންނަށް ޖަވާބުދޭން ހަވާލުކުރުމުން ކުދީންގެ ވިސްނުމާއި ފިކުރު ތަރައްޤީވާނޭކަމަށް ދެކެމެވެ. މީގެ އިތުރުންވެސް ކުދީންގެ ޢިލްމީ އަދި ފަންނީ ގާބިލުކަން ކުރިއެރުވުމަށް ޓަކައި ޙަވާލުކުރެވޭ ޕޯޓުފޯލިއޯ ފަދަ މަސައްކަތްތައް ވަޒަންކުރާނޭ ގޮތުގެ ރުބްރިކް މާކިން ސްކީމް ތައްޔާރުކޮށް، މިފަދަ މަންސަތަކުގައި ބޭނުންކުރާން ދަސްކުރުމުގެ މުހިއްމުކަން އެނގިގެން ދިޔައެވެ.