އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުން
ކުލާސްރޫމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ރޭވުން
ވާރޗުއަލް ލަރނިން އެންވެއަމެންޓް
އިންޓަރެކްޓިވް ވައިޓްބޯޑުގެ ފީޗަރސްތައް ބޭނުންކުރުން
ކުލާސްރޫމުގައި ހުންނަ ޑިޖިޓަލް ތަކެތި ދަނެގަތުން
ޑްރޮވްޕް އަންލިމިޓެޑަކީ ހުސް ކެންވަސްއެކެވެ. އެއީ ދަރިވަރުން އަށް ކުރިއޭޓްކޮށްގެން ރައްކާތެރި މާހައުލެއްގައި މަސައްކަތް ގެންދެވޭ އޮންލައިން ވައިޓްބޯޑެކެވެ. ފުޅާ ދާއިރާއެއްގައި ގުރޫޕު މަސައްކަތްކޮށް ކުރާ މަސައްކަތް ހިއްސާކުރެވޭ ބޯޑެކެވެ. ޕްރޮޖެކްޓް މަސައްކަތް ނުވަތަ ސުވާލުތަކުގެ ޖަވާބު ހަދާނަމަ ދަރިވަރުންނަށް އެނގިފައި ހުރި މަޢުލޫމާތު ހަނދާނަށް ގެނެސްގެނާއި ޑިޖިޓަލްކޮށް މަޢުލޫމާތު އެއްކޮށް ކޮލަބޮރޭޓިވް ޕްރެޒެންޓޭޝަންތައް ހަދާލެވެއެވެ. އަދިތަސްވީރުތައް ހިމަނާލައި ސްލައިޑް ޝޯވް ހަދާލެވެއެވެ.
މިއީ މުދައްރިސުންނާއި ދަރިވަރުންނަށް ފަސޭހަކަމާއެކު ދެފަރާތަށްވެސް ފައިދާހުރި ގޮތުގައި ހިލޭ ލިެންހުންނަ ބޯޑެކެވެ. މިބޯޑު ބޭނުންކުރުމަށް ސައިޓަށް ވަނުމަށްފަހު ސައިންކުރުމުން ބޯޑު ބޭނުން ކުރެވެއެވެ. ބޯޑު ހުޅުވާލުމުން ބޭނުންވާ ކަމެއް ކޮށްލެވެއެވެ. މއިީ ކުލާސްރޫމުގައި ދަރިވަރުންނާއެކު މަސައްކަތް ކުރުމަށްވެސް ބޭނުން ހިފިދާނެ ބޯޑެކެވެ.
މޯބައިލް ލަރނިންގ ނުވަތަ ކޮންމެ އިރަކު ކޮންމެ ތަނެއްގައި ހުރެގެން އޮންލައިންކޮށް ކިޔަވާނަމަ މުދައްރިސާއި ދަރިވަރުންނާ ދެމެދު މުވާސަލާތު ކުރުމަށް ބޭނުންވާނެ ވަސީލަތެއް އަތްމަތީގައި ގެންގުޅުން ވަރަށް މުހިއްމެވެ. އެގޮތުން ވައިފައި ނުވަތަ އިންޓަރނެޓް ލިބޭ ރަނގަޅު ބުރޯޑް ބޭންޑެއް ބޭނުންވެއެވެ. ހަމައެހެން ސްކްރީނުން އެއްޗެއްހިތަކެއް ބަލައި ދައްކާލެވޭ ސްކްރީނަކާ ކީބޯޑެއް ވެސް ބޭނުން ވާނެއެވެ.
އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން ރިކޯޑު ކުރެވޭނެ ވަސީލަތްތައް ވެސް ބޭނުންވެއެވެ. ސްމާޓް ފޯން ޑިޖިޓަލް ކެމެރާފަދަ ވީޑިއޯ، އޯޑިއޯ، ފޮޓޯފަދަ ތަކެތި އެޑިޓްކޮށް ބަދަލު ގެނެވޭނެ ވަސީލަތަކެކެވެ. ހަމަ އެހެންމެ ވީޑިއޯ އޯޑިއޯ އަޑުއަހައި ބަލާލެވޭނެ ވަސީލަތްތަކާއި ސްކޭން ކުރެވޭނެ ގޮތްތައްވެސް ހުރުން މުހިމެވެ. މި ބޭނުންކުރެވޭ ވަސީލަތްތައް ބޭނުންކުރުމުގައި ކޮމްޕިއުޓަރާ ގުޅޭނެ އެކަށޭނަ ކޭބަލްތައް ލިބެން ހުރުމަކީ އެހަމެ މުހިއްމުކަމެކެވެ.
ވާޗުއަލްކޮށް އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދެވުމަށްޓަކައި ކޯށް ފަރުމާކޮށް ރާވައި ކޯސް ކުރިޔަށް ގެންދާނެގޮތް ހިންގުމުގެ އިސްފަރާތްތަކުން ކުރަންވާނެއެވެ. އުނގަންނައި ދިނުމަށް ބޭނުންކުރާނެ ރަނގަޅު ސޮފްޓްވެއާއަކާއި ޤާބިލް މުދައްރިބުން ބޭނުންވާނެއެވެ. އަދި ވާޗުއަލްކޮށް އުނގެނުމަށް ބޭނުންވާ ތަފާތު ފެންވަރުގެ ތަފާތު ވަސީލަތްތައް ބޭނުންވެއެވެ.
މޫޑްލްފަދަ މަންސައެއްގައި ކޯސްހަދާނަމަ ފަރުމާކުރެވިފައިވާ ކޯސްތަކުގެ ތެރެއިން އިޚްތިޔާރުކުރާ ކޯސް ނަގައި ކޯހުގެ މާއްދާތައް އިތުރުކޮށް އުނިކޮށް ހެދުމާ ގުޭލ މަޢުލޫމާތު އެނގުން މުހިއްމެވެ. ކޯސް ފަރުމާކުރާ ފަރާތާ މުވާސަލާތުކޮށް ކޯހުގެ ކަންތައްތައް ހަމަޖެއެސޭނެއެވެ. އަދި މައްސަލަތަކެއް ދިމާވުމުން މަައްސަލައަށް ހައްލު ހޯދުމަށް މުވާސަލާތު ކުރެވޭނެއެވެ.