ތަޢާރަފް
މިއީ މާސްޓަރ އޮފް އެޑިއުކޭޝަންގައި ދިވެހި ލޭންގުއޭޖު ޓީޗިންގ ކޯހުގައި އަޅުގަނޑު ކިޔަވަމުންދާ މާއްދާއެއްކަމުގައިވާ އައިސީޓީ އިން އެޑިއުކޭޝަން (އައިސީޓީ 535) މާއްދާގެ މޮޑިއުލްގައި ހިމެނޭ 4 ކީ އޭރިޔާއާއި އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ 4 ޓޫލެއް (ވަސީލަތެއް) ހިމަނައިގެން އެސައިންމެންޓެއްގެ ގޮތުގައި ތައްޔާރު ކުރަން ޖެހުނު މަންސައެކެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނެވި އިޖުތިމާޢީ ގައިދުރުކަމުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދޭންޖެހުނު ހިނދު މިފަދަ މާއްދާއެއް ތަޢާރަފުކޮށް، މުދައްރިސުން މާއްދާއަށް އަހުލުވެރި ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން މިފަދަ މަންސަ ހެއްދުމުގެ ބޭނުމަކީ މުދައްރިސުން މާއްދާއަށް އަހުލުވެރިކޮށް ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން މިއީ ވަރަށް މުހިއްމު އަދި ވަރަށް ބޭނުންތެރި މަސައްކަތެއްކަމުގައި އަޅުގަނޑު ދެކެމެވެ.
މި މަންސައިގައި ދެ ބައެއް ވެއެވެ. ފުރަމަ ބައިގައި ހިމެނެނީ މާއްދާގައި ކިޔެވި ހަތަރު ކީ އޭރިޔާއާއި އުނގަންނައިދިނުމުގައި ބޭނުންކުރެވިދާނެ ހަތަރު ޓޫލެކެވެ. ދެވަނަ ބައިގައި ހިމެނެނީ
މި މާއްދާގައި ކިޔަވާ ބައިތަކުގެ ތެރޭގައި ހަތަރު ކީ އޭރިޔާއެއް ހިމެނެއެވެ. އެއީ އުނގެނުމުގައި ތަފާތު އައިސީޓީގެ ވަސީލަތްތައް ބޭނުންކުރުމާއި އުނގެނުމާއި އުނގަންނައިދިނުމަށް އައިސީޓީގެ ވަސީލަތްތައް ބޭނުންކޮށްގެން ފިލާވަޅު ކުރިޔަށް ގެންދާނެގޮތާއި ފެންވަރު ވަޒަންކުރާނެގޮތާއި އުނގެނުމާއި އުނގަންނައިދިނުމާއި ފެންވަރު ވަޒަންކުރުމުގައި އައިސީޓީ ރިސޯސްތައް އިޚުތިޔާރުކުރާނެ ގޮތުގެ އިތުރުން އުނގެނުމަށް ފަހި މާޙައުލެއް ގާއިމުކޮށް ކުލާސްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ވާޗުއަލްކޮށް އުނގަންނައިދޭނެ މާޙައުލެއް ގާއިމުކުރުމެވެ.
މާއްދާގައި ބޭނުންކުރަން ދަސްކުރި ކޮންމެވެސް ހަތަރު ޓޫލްއެއްގެ ބޭނުމާއި އެ ޓޫލް ބޭނުންކުރާނެ ގޮތާއި ދަރިވަރުންނާއި މުދައްރިސުންނަށް އެ ޓޫލްތައް ބޭނުންކޮށްގެން ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯއާއި އެ ޓޫލްތައް ބޭނުންކުރުމުން ލިބޭ ފައިދާއާއި ޓޫލް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން މި މަންސައިގައި ހިމެނޭނެއެވެ.
އެހެންކަމުން މި މަންސައަކީ މިހާރު ތަޢުލީމީ ދާއިރާއަށް ފައިދާހުރި ބޭނުންތެރި މަންސައަކަށް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އުނގެނުމުގައި އައިސީޓީގެ ތަފާތު ވަސީލަތްތައް ބޭނުން ކުރުން
ފައިދާ
ޕެޑެގޮޖީ އާއި އައިސީޓީ