މިއީ ދިވެހި ބަހުގެ ހުނަރުތަކަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ ބްލޮގެކެވެ. މި ބްލޮގުން ޅެމާއި، ތަފާތު ޢިލްމީ ލިޔުންތަކާއި ވާހަކަތައް އަދި މީގެ އިތުރުން މުހިންމު ބްލޮގް ތަކާއި ވެބްސައިޓުތައް މި ބްލޮގުގައި ހިމެނިފައިވެއެވެ. މިއީ މުދައްރިސުންނަށް ވަރަށް މުހިންމު ވެބްސައިޓެކެވެ.
މިއީ ތަފާތު ޅެންތަކާއި ވާހަކަތަކުގެ ވީޑއޯއާއި އަދި ވަރަށް ގިން މަޢުލޫމާތު ހިމެނޭ ސައިޓެކެވެ. މި ސައިޓު ބޮޑަށް ޚާއްސަ ވެފައިވަނީ ޅެމަށެވެ.
މިއީ ކުޑަކުދިންގެ ތަފާތު އެކި ވާހަކަތައް ހިމެނޭ ވެބްސައިޓެކެވެ. ތަފާތު ބަސްތަކުންވެސް މި ސައިޓުގައި ވާހަކަތައް ހުރެއެވެ. ކުދިންނަށް ވާހަކައެއް ކިޔައިދޭން ބޭނުންވާނަމަ މި ސައިޓު ބަލާލައިގެން ވާހަކައެއް ހޯދުމަށް ވަރަށް ފަސޭހަވެގެން ދާނެއެވެ.
މިއީ އެކިއެކި މާއްދާތަކާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިތާ ވޯރކްޝީޓު ތަކާއި ފޮތްތައް މުދައްރިސުންނަށް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސައިޓެކެވެ. މިސައިޓު ބޮޑަށް ޚާއްސަ ކުރެވިފައިވަނީ ކުޑަ ކުދިންނަށް ކިޔަވައިދިނުމަށެވެ.
މިއީ މުދައްރިސުންނަށް ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ ތަފާތު ރައިވަރުތަކާއި، ސަމާސާއަދަބުތަކާއި އަދި ތަފާތު އެކިއެކި ޢިލްމީ ވާހަކަތައް ހިމެނިފައިވާ ވެބްސައިޓެކެވެ.
މިއީ ވަރަށް ގިނަ އެކި ޢިލްމީ މަޢުލޫމާތާއި ޚަބަރާއި ދިވެހި ކަލަންޑަރާއި ވަރަށް ގިނަ ލިޔުންތަކެއް ހިމެނޭ ވެބްސައިޓެކެވެ.
މިއީ ނޮވެލްޓީ ބުކްސްގެ ވެބްސައިޓެކެވެ. ތަފާތު ނޫސްތަކާއި ނޫސްތަކުގައިވާ ތަފާތު ލިޔުންތަކާއި ވާހަކަތައްް މިސައިޓުން ބަލައިލެވެއެވެ.
މިއީ ދިވެހި މުދައްރިސުންނަށް ވަރަށް ބޭނުންތެރި ވެބްސައިޓެކެވެ. އެގޮތުން މި ސައިޓުގައި ދިވެހި ލަފުޒު ލިޔުމުން އެ ކަފުޒުގެ އިނގިރޭސި ލަފުޒާއި އެކު އިނގިރޭސި ލަފުޒުވެސް މި ސައިޓުން ފެނެއެވެ.
އެކި ފިލާވަޅުތައް އުނގަންނައި ދިނުމުގައި މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ވީޑިއޯ
ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ ކުޑަކުދިންގެ ލަވަ
ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ ބަނދި
ކިޔަވައިދިނުމަށް ބޭނުން ކުރެވިދާނެ ލެސަންޕްލޭން