މަސްވެރިކަމާ ބެހޭ މައުލޫމާތު ހޯދެއްވުމަށް މި ވީޑިއޯ ބައްލަވާލައްވާ .
އަދި އިތުރު މައުލޫމާތު ހޯދެއްވުމަށް ތިރީގައިވާ ލިންކަން ފިއްތ
ދަނޑުވެރިކަމަކީ ދިވެހިން އިހުޒަމާނުއްސުރެ ކައިބޮއެ އުޅުމަށް ކުރަމުން އައި މަސައްކަތެކެވެ. ދިވެހިރާއްޖޭގައި ގޯތިތެރެއާއި ބޮޑެތި ބިން ތަކުގެ އިތުރުން ފަޅު ރަށްރަށުގައިވެސް ދަނޑުވެރިކަން ކޮށް އުޅެއެވެ
ކުނާ ވިޔުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެވެ. މި މަސައްކަތަކީ ވަރަށް ކެތްތެރިވެގެން ނޫނީ ނުކުރެވޭނެ ފަދަ މަސައްކަތެކެވެ. ވަރަށް މުރާލިވެގެން ނޫނީ ނުކުރެވޭނެ އުނދަގޫ މަސައްކަތެކެވެ. ކުނަލެއް ވިޔެލުމަކީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމެކެވެ.
ރޯނުވެށުމަކީ ލިލީފަށެއް މެދުން ލަނބާލައިގެން ދެ ފަށް އަތުން ހަރުކުރުމަށްފަހު ދެފަށް އެއްކޮށް ވަށާވެށުމެވެ.
ވަޑާން ކުރުމަކީ ދިވެހިންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައާއި، އިޤްތިސާދު ކުރިއެރުވުމަށްޓަކައި ދިވެހިން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތެވެ. މައިގަނޑު ގޮތެއްގައި ވަޑާންކުރުން ބެހިފައިވަނީ ދެބަޔަކަށެވެ. އެއީ ކިއްސަރު ވަޑާމާއި ތެދުއުއި ވަޑާމެވެ. ކިއްސަރު ވަޑާމަކީ ބޯޓު ބިލްޑިންއެވެ. މި ވަޑާމަށް މާވަޑާން ނުވަތަ އޮޑި ވަޑާންވެސް ކިޔާ އުޅެއެވެ. ތެދުއުއި ވަޑާމަކީ އޮޑިދޯނި ފަހަރު ބަނުމުގެ ތެރޭގައި ނުހިމެނޭ އެފަންނުގެ މަސައްކަތެކެވެ
ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާ ކަށްޓަކުން ކޮށައި އެއަށް ބޭނުންވާ ސިފަތައް ގެނެސް އޭގައި ލާހިއްޕުމެވެ.
ފަންގިވިނުމަކީ ދޮން ފަން ކިރިއްސައިގެން، އެފަންވަތްތައް ދިގު ތިން ކަށިން ( އިލިން ) ތިން ގަނޑު ރޯނަށް އެމުނުމަށް ކިޔާ ނަމެއް.
ރޯނުވަށާނެ ގޮތް ދަސްކޮށްދިނުން
ރޯނުވަށާނެ ގޮތާއި ވަކިވަކި ބައިތައް.
ރޯނުވަށާނެ ގޮތް ދަސްކޮށްދިނުން
ރައިވެރިކަން ކުރާނެ ގޮތް
ރައިވެރިކަމާ ގުޅޭ ވީޑިއޯ އެއް