4. ފުރަތަމަ ސުވާލުގެ ޖަވާބު
ޞާދިޤާ
ސީސޯއަކީ ޑިޖިޓަލްކޮށް ޕޯޓުފޯލިޔޯ ހަދަން ބޭނުން ކުރެވިދާނެ ވަރަށްބޭނުންތެރި ޓޫލްއެކެވެ.
މި ޓޫލް ބޭނުންކޮށްގެން ދަރިވަރުން ވަރަށް ޝައުގުވެރިކަމާ އެކީ މަސައްކަތްކުރަމުންދާނެ.
މިގޮތަށް ޕޯޓުފޯލިޔޯ ހެދުންމުން ވަރަށް ވަގުތު ސަލާމަތްވެ ދަރިވަރުގެ މަސައްކަތްތައް ދިނަދުވަސް ވަންދެން ފެންނަން ހުންނާނެ.
ދަރިވަރުންގެ އުފެއްދުން ތެރިކަން ވެސް އިތުރުވެ ހަލުވިވެގެންދާނެއެވެ.
އިބްރާހިމް އާދަމ
ސީސޯވއަކީ، ޑިޖިޓަލްކޮށް (އޮންލައިން) ޕޯޓުފޯލިޔޯ ހަދާއިރު، ބޭނުންކުރެވިދާނެ ވަރަށް ބޭނުންތެރި ޓޫލެއް.
މި ޓޫލް ބޭނުންކޮށްގެން ދަރިވަރުން ކުރާހިތުން އެހައިމެ، ޝައުޤުވެރިކަމާއެކު މަސައްކަތްކުރާނެ.
ކުދީންނަށް އެ ކުދީންގެ އެންމެ ބެސްޓު ދައްކައިލެވޭނެ. (އެންމެ ފުރިަމައަށް މަސައްކަތް ކުރެވޭނެ)
މަސައްކަތް ކުރާއިރު، ވަގުތު ސަލާމަތްކުރެވޭނެ.
ކުދީންގެ އުފެއްދުންތެރިކަން ކުރިއަރައި، އާ ޚިޔާލުތައް އުފަންވެގެން އަންނާނެ.
ދެވަނަ ސުވާލުގެ ޖަވާބު
ޢައްބާސް
ފިލާވަޅު ނަގައިދިނުމުގައި ދަރިވަރުން ބައިވެރިކުރުމަކީ، ދަރިވަރުންގެ އުނގެނުމަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން، އެހެން މީހަކަށް އެްޗެއް ބުނެދެވޭނީ، އެއެއްޗެއް އެމީހަކަށް އެނގިފައިވާ މިންވަރަކަށެވެ. އެހެންކަމުން، ދަރިވަރުން ކިޔަވައިދޭން ޖެއްސުމުން، އެކުދިން ދަސްކޮށްދޭން ބޭރުންވާ އެއްޗަކާ ބެހޭގޮތުން އިތުރަށް ހޯދައެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވެއެވެ. މީގެއިތުރުން އެހެން ބަޔަކަށް އެއްޗެއް ބުނެދޭން ޖެއްސުމުން، އެބައިމީހުން ޝައުގުވެރި ވާނެ ފަދަ ގޮތްތައް ހޯދުމަށް ކޮންމެހެން ވެސް ޖެހެއެވެ. މިކަމުގެ ސަބަބުން ކަންކަން ރާވާ، ހިންގަން ދަރިވަރުންނަށް ދަސްވެއެވެ.
އާސިޔާ
5. ޢާއިޝަތު ނަފާ: އަޅުގަނޑު މިމަސައްކަތުގައި ކުއިޒް ހެދި ކުއިޒިޒްއަކީ އަޅުގަނޑުގެ ހަޔާތުގައި އަލަށް ބޭނުންކުރި ސައިޓެކެވެ. މިހެންވުމުން މިމަސައްަކަތުގެ ސަބަބުން އެސައިޓް ދަސްވެ ސައިޓްގެ ބޭނުން ހިފޭނެގޮތްގޮތް ދަސްވިއެވެ. ކުއިޒިޒްއަކީ ދަރިވަރުންނަށް ކުއިޒެއް ތައްޔާރުކޮށްލުމަށް ވަރަށް ރަނގަޅު ސައިޓެކެވެ. މިމަސައްކަތުގެ ތެރެއިން ކުއިޒްތައް ހަދާނެ ގޮތާއި ކުއިޒްގެ ސުވާލުތައް ބައްޓަން ކުރާނެ ގޮތް ދަސްވިއެވެ. މިހެންކަމުން ، އޮންލައިން ކުލާހެއްގައި ނުަވަތަ ކުލާސް ނިންމާލާފައި ނުވަތަ ހޯމް ވާރކް ގޮތުގައި ވެސް މިފަދަ ކުއިޒެއް ތައްޔާރުކޮށްފައި ދަރިވަރަށް ލިންކް ހިއްސާކުރެވިދާނެއެވެ.
ޢާއިޝަތު ނިޔާޒާ: މި މަސއްކަތަކީ ކިޔަވައި ދިނުމުގެ ދާއިރާގައި ބޭނުންތެރި މުހިންމުކަންކަން ދަސްވި މަސައްކަތެކެވެ. އެގޮތުން އޮންލައިން ކްއިޒް ހެދުމާއި ރުބްރިކް ތައްޔާރުކޮށް މާސްކު ދިނުމާއި މި ފަދަ ޝައުޤްވެރި މަސައްކަތްތަކެއް ކުރެވުނެވެ. އަދި މަސައްކަތް ފަރުމާކޮށްފައިވާ ގޮތުން އެހެން ދަރިވަރުންގެ މަސައްކަތްތައް ބަލައި އެ މަސައްކަތްތައް ރާވާފައިވާ ގޮތް ބަލައިލަން ވެސް ފުރުޞަތު ލިބުނެވެ.
ރާވިޔާ: މި މަސައްކަތަކީ ވަރަށް ގިނަ އައު ކަންކަން ދަސްވެގެން ދިޔަކަމެކެވެ. ކިޔަވައި ދިނުމުގައި ބޭނުންކުރާނެ ތަފާތު އުކުޅުތައް ދަސްވެގެން ދިޔައެވެ.
ރާމިޒް: ކޮލަބޮރޭޓިވްކޮށް ކުރިޔަށް ގެންދިޔަ މި މަސައްކަތަކީ ގްރޫޕްގެ ކުދިންނާއި ކިލާހުގެ އެހެން ދަރިވަރުން ވެސް ވަރަށް ބޮޑަށް ގުޅިގެން ކުރެވުނު ފައިދާހުރި މަސައްކަތެކެވެ. މި މަސައްކަތުގައި ގްރޫޕް ލީޑަރު އަޅުގަނޑާ ހަވާލުކުރި މަސައްކަތަކީ ސުވާލުތަކުގެ ޖަވާބުތައް އެހެން ގްރޫޕެއްގެ ދަރިވަރުން ލައްވާ ލިޔުއްވުމެވެ. މި މަސައްކަތަށް ގިނަ ކުދިންގެ އެއްބާރުލުން ލިބުނުކަން ފާހަގަކޮށް އެ ކުދިންނަށް ޝުކުރުދަންނަވަމެވެ.