މި ޓޫލުގެ މައިގަނޑު މަޤްޞަދަކީ، ވާހަކަކިޔުމުގެ ތެރެއިން ދަރިވަރންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއަރުވާ ތަރައްޤީކުރުމެވެ. މި ޓޫލް މެދުވެރިކޮށް ޓީޗަރުންނަށް އިންޓަރެކްޓިވް އަދި ފަންނީ ފޮތްތައް އުފައްދާ އޮންލައިންކޮށް ލުއި ފަސޭހަ ގޮތެއްގައި ދަރޮވަރުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ސްޓޯރީބަރޑް މި ޓޫލުގެ ތެރެއިން ޓީޗަރންނާއި، ދަރިވަރުން ގުޅިގެން ތަފާތު ޕްރޮޖެޗްޓްތައް އުފައްދާ، އެއާ ގުޅޭ ފީޑްބެކްދީ އަދި ކުލާސްތަކާއި ގްރޭޑްތައް އޮގަނައިޒްކުރެވޭނެއެވެ.
ސްޓޯރީބަރޑް ބޭނުންކުރާނެ ގޮތް:
އެހެން އޮންލައިން ޓީޗިން ޓޫލްތަކެކޭ ވެސް އެފަދައިން، މި ޓޫލަށް ވެސް އެކްސެސް ވުމަށް ވެސް ލޮގިންގ އައިޑީއެއް ބޭނުންވެއެވެ. މި ޓޫލަކީ ޓިޗަރުން އަދި ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ހިއްސާ އާ އެކުވެސް ބޭނުންކުރެވޭނެއެވެ. 13 އަހަރުން ދަށުގެ ކުދިންނަށް މި ޓޫލަށް އެކްސެސްވެވޭނީ އެ ކުދިންގެ ބެލެނިވެރިންގެ މެއިލް މެދުވެރިކޮށެވެ.
ސްޓޯރީބަރޑްގެ މުހިންމުކަން:
ސްޓޯރީބަރޑްގެ އެންމެ މުހިންމު ކަމަކީ، އެކި އުމުރުފުރާތަކާއި ގުޅޭ ތަފާތު ލެވެލްގެ ތަފާތު ވެރައިޓީތަކުގެ ވާހަކަތައް ކިޔުމުގެ އިތުރުން، ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށް އެ ހުނަރު ކުރިއަރުވާ ތަރައްޤީކުރުމުގެ ފުރުޞަތު ލިބިފައި ވާކަމެވެ. އަދި މީގެ އިތުރުން، ކުދިން ލިޔާ ވާހަކަތައް މުދައްރިސުންނާ ހިއްސާކޮށް، ފީޑްބެކް ހޯދާ އިތުރަށް ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެން ދާނެއެވެ