ފިލާވަޅު 8
ފިލާވަޅު 8
النَّعْتُ وَالمَنْعُوْتُ
النَّعْتُ ނުވަތަ الصِّفَةُ (ޞިފަ) އެއީ، ނަމެއްގެ ފަހަތަށް އެނަން އިތުރަށް ބަޔާންކޮށްދިނުމަށްޓަކައި އަންނަ ޞިފައެކެވެ. ޞިފައިގެ ކުރީގައިވާ ނަމަށް ކިޔަނީ مَنْعُوْتٌ ނުވަތަ مَوْصُوْفٌ (ޞިފަކުރެވިފައިވާ އެތި) އެވެ.
މިސާލު:
الْعَرَبِيَّةُ لُغَةٌ جَمِيلةٌ. ޢަރަބި ބަހަކީ ރީތި ބަހެކެވެ.
↓ ↓
مَنْعُوتٌ نَعَتٌ
يَتَّبِعُ النَّعْتُ الْمَنْعوتَ فِي: التَّعْرِيفِ والتَّنْكِيرِ، والتَّذْكَيرِ والتَّأْنِيثِ، والإِفْرادِ والْجَمْعِ، والْإِعْرابِ.
ނަޢްތު މަންޢޫތަށް ތަބާވަނީ: ޢައްޔަނުވުމާއި ޢައްޔަނު ނުވުމާއި، އަދި ފިރިހެންވުމާއި އަންހެންވުމުގައި، އަދި އެކައްޗަށްވުމާއި ޖަމުޢުވުމުގައި (ގިނަވުމުގައި)، އަދި ފަހަތު ފިލި ޖެހުމުގައެވެ.
މިސާލު:
الطالب المجتهد (ހީވާގި ކިޔަވާކުއްޖާ)
طالبة المجتهدة (ހީވާގި ކިޔަވާ އަންހެންކުއްޖާ)
الطالبات المجتهدات (ހީވާގި ކިޔަވާ އަންހެން ކުދިން)
للطالبِ المجتهدِ (ހީވާގި ކިޔަވާކުއްޖާއަށް)
الَّذِي: ފިރިހެން ޖިންސުގެ (مذكر)، ބުއްދި ހުންނަ (عاقل)، އަދި ބުއްދި ނުހުންނަ (غير عاقل)، އެކައްޗަށް (مفرد)، އިރުރު މައުލޫމާތެއް ގުޅުވަން ބޭނުން ކުރާ ނަމެކެވެ (اسمُ مَوْصُولٍ).
މިސާލު:
الْمُدَرِّسُ الَّذِي جَلَسَ عَلَى الْكُرْسِيِّ جَدِيدٌ.
ގޮނޑީގައި އިށީން ޓީޗަރު އަލެވެ.