ފިލާވަޅު 5
ފިލާވަޅު 5
هَذِهِ : މި: ކައިރީގައިވާ (قريب)، އަންހެން ޖިންސުގެ (مُؤَنَّثٌ)، ބުއްދި ހުންނަ (عاقل)، އަދި ބުއްދި ނުހުންނަ (غير عاقل)، އެކައްޗަށް (مُفْرَدٌ)، އިޝާރާތްކުރުމަށް ބޭނުންކުރާ ނަމެކެވެ (اسم إشارة).
ނަން އަންހެންވާގޮތް
1- التَّاءُ المَرْبُوطَةُ (ة) ބަނދެވިގެންވާ / އަކުރުކޮޅު ”ތާ“ އިން (ة) ނިމިފައިވާ ނަން: مُدَرِّسَةٌ (މުދައްރިސާއެއް)، سَيَّارَةٌ (ކާރެއް)
2- އަންހެން ޖިންސުގެ ނަން: أخْتٌ (ދައްތައެއް)، أُمٌّ (މަންމައެއް)
3- ހަށިގަނޑުގައި ދެ ގުނަވަންވާ ގުނަވަންތައް: يَدٌ (އަތެއް)، رِجْلٌ (ފައެއް)
4- ވަކި ސަބަބެއް ނެތި ޢަރަބި ބަހުގައި އަންހެން ނަން: صَحْرَاءُ (ސަހަރާއެއް)، قِدْرٌ (ތެއްޔެއް)
މިސާލުތައް:
هَذِهِ أُذْنٌ وَهَذا أَنْفٌ. މިއީ ކަންފަތެއް އަދި މިއީ ނޭފަތެކެވެ.
هَذِهِ يَدٌ وَهَذا فَمٌ. މިއީ އަތެއް އަދި މިއީ އަނގައެކެވެ.
هَذِهِ مِلْعَقَةٌ وَهَذِهِ قِدْرٌ. މިއީ ސަމްސަލެއް އަދި މިއީ ތެއްޔެކެވެ.
اللَّامُ (لِ): މިލްކުވެރިކަން ދޭހަކޮށްދޭ އިބިފިލި ޖައްސުވާ އަކުރެކެވެ.
مِثَال: هذا الْقَلَمُ لِمُحمَّدٍ. މި ގަލަން (މިލްކުވެގެންވަނީ) މުޙައްމަދަށެވެ.