ފިލާވަޅު 7
ފިލާވަޅު 7
البَدَلُ: ބަދަލު: އެއީ اسم إشارة އެއްގެ ފަހަތަށް އަންނަ އަދި އެނަމަކަށް އިޝާރާތްކުރެވޭ މަޢުރިފާ ނަމެވެ (ޢައްޔަނުކުރެވިފައިވާ ނަން).
މިސާލު:
هذا الرَّجُلُ تَاجِرٌ. މި ފިރިހެން މީހާއަކީ ވިޔަފާރިވެރިއެކެވެ.
↓ ↓ ↓
مُبْتَدَأٌ بَدَلٌ خَبَرٌ
الظَّرْفُ އަކީ ނަމެއް، އަދި އޭގައި ދެވައްތަރެއްވެއެވެ – ތަނަކަށް ނިސްބަތްވާ ظرْف އަދި ޒަމާނަކަށް ނިސްބަތްވާ ظرْفُ އެވެ.
މިސާލު:
جَلَسَ خَلْفَ مَحْمُودٍ. (އޭނަ) އިށީނީ މަހުމޫދުގެ ފަހަތުގައެވެ.
↓ ↓
ظَرْفٌ مُضَافٌ إِلَيْهِ