ފިލާވަޅު 2
ފިލާވަޅު 2
النَّكِرَةُ : ކަނޑައެޅިގެން ކޮންއެއްޗެއްކަމެއް ނޭނގޭ އެއްޗެއް (ޢައްޔަނު ނުވާ ނަން).
މިސާލު: بيتٌ ގެއެއް ، قلمٌ ގަލަމެއް ، رجلٌ ފިރިހެނެއް ، بنتٌ އަންހެންކުއްޖެއް.
بيتٌ:
ގެއެއް: އޭގައި ހުރިހާ ގެއެއް ޝާމިލުވެއެވެ. އަދި އެއީ ކަނޑައެޅިފައިވާ ވަކި ގެއެއް ނޫން.
المَعْرِفَةُ : ކަނޑައެޅިގެން ކޮންއެޗެއްކަން އެނގޭ އެއްޗެއް (ޢައްޔަނު ވެފައިވާ ނަން).
މިސާލު: البيتُ ގެ ، القلمُ ގަލަން ، الرجلُ ފިރިހެންމީހާ ، البنتُ އަންހެންކުއްޖާ.
البيتُ:
ގެ: އޭގެޒާތުގައި ކަނޑައެޅިގެން ވަކި ގެއެއްކަން ދަލީލުކޮށްދޭ.
* ކަލިމައަކަށް اَلْ ވަންނައިރު (ޢައްޔަނުވާ ނަމަކަށް ބަދަލުވާއިރު) އެކަލިމައިގެ ތަންވީނު
( ٌ ً ٍ ) (التَّنْوِينُ) ފުހެވޭނެއެވެ.
الْجُمْلَةُ الاِسْمِيَّةُ އިސްމިއްޔަ ޖުމުލަ
الْجُمْلَةُ الاِسْمِيَّةُ:
އިސްމިއްޔަ ޖުމުލަ: އެއީ ނަމަކުން (اسم) ފެށިފައިވާ ޖުމުލައެއް، އަދި އެއިން ފުރިހަމަ މާނައެއް ދޭހަވެއެވެ.
مُحَمَّدٌ طَالِبٌ. މުޙައްމަދަކީ ކިޔަވާކުއްޖެކެވެ. الْبَابُ مُغْلَقٌ. ދޮރުހުރީ ލައްޕާފައެވެ.
الْمِنْدِيلُ وَسِخٌ. ރުމާ އޮތީ ހަޑިވެފައެވެ. هُوَ مُسْلِمٌ. އޭނައަކީ މުސްލިމެކެވެ.