ފިލާވަޅު 3
ފިލާވަޅު 3
حُرُوفُ الجرِّ : އިބިފިލި ޖައްސުވާ އަކުރުތައް: އޭގެ ފަހުން އަންނަ ނަމުގައި އިބިފިލި ޖައްސުވައެވެ.
بَعْض حُرُوفِ الْجَرِّ (ބައެއް އިބިފިލި ޖައްސުވާ އަކުރުތައް) :
مِنْ : ދޭހަކޮށްދެނީ ފެއްޓުން، ނުވަތަ ކަމެއް ފެށުނު ތަން/ހިސާބު.
إِلَى : ދޭހަކޮށްދެނީ ނިމުން، ނުވަތަ ނިމުނު ތަން/ހިސާބު.
فِي : ދޭހަކޮށްދެނީ އެތެރޭގައިވުން.
عَلَى : ދޭހަކޮށްދެނީ މަތީގައިވުން.
أَيْنَ؟ : ކޮބާ؟ : ވީ ތަނަކާއި (مَكَانٌ) މެދު ސުވާލުކުރުމަށް ބޭނުންކުރާ ނަމެއް.
الْفِعْلُ: ކަން: މާޒީ، ނުވަތަ މިހާރު، ނުވަތަ މުސްތަގުބަލުގެ ޒަމާނަށް(ނިސްބަތްކޮށް) ހިނގި ޢަމަލެއް ދަލީލުކޮށްދޭ ކަލިމައެކެވެ.
مِثَالٌ:
ذَهَبَ އޭނަ ހިނގައްޖެއެވެ. – خَرَجَ އޭނަ ނިކުމެއްޖެއެވެ. – يَكْتُبُ އޭނަ ލިޔަނީއެވެ.