މި ކިޔައިދެނީ ވާހަކައަކަށްވުރެ ދިވެހީންނަށް އޮތް ނަސޭޙަތެކެވެ.
ޚަބީބު ނުރުމަގެމެޑޯވ އަކީ ޔޫ.އެފް.ސީ ގައި ތެޅި ވަރަށްވެސް މޮޅު އެމް.އެމް.އޭ ފައިޓާރއެކެވެ. އެކަމަކު އޭނާ ލާރި ހޯދުމަސް ކުރި މަސައްކަތަކީ އެއީއެވެ. މީހުންގެ މޫނާއި ލޯމަތީގައި ތަޅަންޖެހެއެވެ. ފިރިހެނެއްގެ 'ފުރިހަމަ' އައުރައެއް ނިވައެއް ނުކުރެއެވެ. އެއް ނަޒަރުން ބަލާނަމަ ކަމަކު ނުދެއެވެ.
އެކަމަކު ބުނަން ހެއްޔެވެ. މިއީ މި ޤަރުނުގައި ބޭރު މީހުން އިސްލާމުދީނަށް އެންމެ ބޮޑަށް ހިތްޖެއްސުވި އެކަކެވެ. އެކަންކުރީ އޭނާގެ އަޚުލާޤެވެ. އޭނާ ރަލެއް ނުބޮއެވެ. ދީނުގެ ހަމަތަކުގައި ވަރަސް ވެސް ކަމޭ ހިތައެވެ. އަދި ކާފަރުން އޭނާގެ ޖިމަށް އައިސް އުޅޭ އިރުވެސް އެމީހުނަށް ފުރިހަމައަށް އިޙުތިރާމު ކުރެއެވެ. ގަޑި ޖެހުމުން ޕުރެކުޓިސް ހުއްޓާލާ ނަމާދުކުރެއެވެ. އަންހެނުން އުޅޭތަންތާގައި އޭނާ އިސްތިރިކުރެއެވެ. އެކަމަކު އޭނާގެ ރޭންކިން މަތިކަމާއި ހުނަރުވެރިކަމުން ޔޫ.އެފް.ސީގެ އެންމެ މޮޅުއެކަކަކީވެސް އޭނާއެވެ. 29 ފަހަރު ގަދަވިއެވެ. އެއްވެސް ފަހަރަކު އެއްވަރު ނުވަތަ ބަލިވެސް ވެފައެއް ނެތެެވެ. އޭނާގެ ހުނަރަށް ގިނަ ބަޔަކު ކަޅި ހުއްޓިފައިވާއިރު އެއާ އެއްވަރަށް މީހުން އޭނާގެ އަޚުލާޤަށްވެސް ސަނާ ކިޔައެވެ. ލޯބިދެއެެވެ. އޭނާއަށް ނަފުރަތު ކުރާމީހުންވެސް އޭނާގެ އަޚުލާޤަށް ބަހެއް ބުނެ ވަރަށް ނޫޅޭނެއެވެ. އަދި އޭނާ ކައިރީގައި ޕުރެކުޓިސް ކުރާ ކާފަރުންވެސް އިސްލާމްދީނުގައި ހުންނަ 'ޑިސިޕުލިން'ގެ ވާހަކަ ޝޯތަކުގައި އާއި ޕޮޑުކާސްޓުތަކުގައި ދައްކައެވެ. 'ޖޯ ރޯޤަން' މެން ފަދަ މަޝްހޫރު މީހުން އޭނާއަށް ތަޢުރީފުގެ ބަސްތަށް އޮއްސައެވެ. އަދި އިސްލާމުދީނުގައި ހުންނަ ރަނގަޅު ކަންކަމުގެ ވާހަކަ ދައްކައެވެ. އޭގެ ސަބަބުން 'ސުޓޭންޑަޕް ކޮމިޑީ' ތަކާއި އިންޓަރވިއެު ތަކުގައި އިސްލާމްދީނުގެ 'ޑިސިޕުލިން'ގެ ވާހަކަ ފެތުރެން ފެށިއެވެ
ޔޫ.އެފް.ސީ އަކީ ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. ގިނަބަޔަކު އެބަލާއިރު އޭނާގެ ސަބަބުން އުފެދިގެން އައި އެހެން މުސްލިމު ފައިޓަރުންނަށްވެސް ދަނީ ލޯ ހުއްޓެމުންނެވެ.
އާދެ ދަންނަވަން މިއުޅެނީ ތިން ވާހަކައެކެެވެ
1) ކާފަރުން އަހަރެމެންގެ ފޮތްތައް ނުކިޔަވާނެއެވެ. އެމީހުން ދީނީ ދަރުހެއް އަޑު ނާހާނެއެވެ. އެމީހުންނަށް ފެންނާނީ އަހަރެމެންގެ ޢަމަލުތަކެވެ. އެގޮތުން އެމީހުނަށް ޚަބީބުގެ ކިބައިން ފެންނަނީ މުސްލިމެއްގެ ހުންނަންޖެހޭ އަޚުލާޤެވެ. އެމީހުންގެ ހުންނަ ހިތަވަރުގަދަ ކަމެވެ. އެމީހުންގެ ހުންނަ ޑިސިޕުލިންއެވެ. އޭގެ ސަބަބުން އެމީހުންގެ ސިކުނޑީގައި އިސްލާމުދީނާއި މެދު އުފައްދާފައިވާ ޚުރާފާތްތަށް ނެތިދާން ފެށިއެވެ. ގިނަ ބަޔަކު އިސްލާމްދީނުގެ ވާހަކަ ދެއްކިއެވެ. އަދި ކިއެއް ހެއްޔެވެ. ގިނަ ބަޔަކު އިސްލާމްވެސް ވިއެެވެ.
2) ޚަބީބުގެ ހުރި ގޯސްވާހަތަކުގައި ހިފައިގެން ދަމާ އޭނާގެ ހުރި ހުރިހާ ރަނގަޅުކަމެއް ވަންހަނާކޮށް އޭނާގެ ބަސްއަޑު ނާހާ މީހުން އުޅޭހެއްޔެވެ؟ މިއީ އަހަރެމެން ދޫކޮށްލަން ވެއްޖެ އާދައެއް ނޫންތޯއެވެ. އޭނާގެ ހުންނަ ރަނގަޅު ކަންކަމުގެ ވާހަކަ އެންމެ ބޮޑަށް ދައްކާހެދީ ކާފަރުންނެވެ. އަހަރެމެންނަށް ކިރިޔާވެސް ޝެއިޙެއްގެ ކިބައިން ކަމެއް ފެނިއްޖެއާ ބޮޑު ޚަަބަރާއި ޖެހެއެވެ.
3) ދީނަށް ގޮވާލާކަށް ދީން އުނގެނޭކަށް ނުޖެހެއެވެ. މަދީނާއިން ސެޓުފިކެޓެއް އޮޮންނާކަށް ނުޖެއެވެ. ދީނަށް އިނގޭ މިންވަރަކުން ދަޢުވަތު ދޭންވީއެވެ. ވަކި ޝޭޙަކު ބަހެއް ވަކި ކަމެއްގައި ނުބުނެގެން، ވަކި ޝޭޙަކު ސިޔާސީވެގެން ތިބާގެ ކިބައިން އެޒިންމާ ގެއްލެނީ ކިހިނެއް ހެއްޔެވެ؟ އެންމެ 'ޚަބީބެއް' ގިނަ ބައެއްގެ ނަޒަރު އަނބުރާލިއެވެ. އެކަމަކު ބޮޑު ޤަައުމަކަށް އަބަދު ބޭރުމީހުން އައިސް ގޮސްވެ ވާއިރު އެމީހުންނަށް މިދީނަށް ލޯބިޖެހޭބާވައެވެ؟
ތެދެކެވެ. ކިޔަވައިގެން ތިބޭ ޢިލްމުވެރިން އެމީހުންގެ ވަޒީފާ އަދާކުރަންވާނެއެވެ. އެމީހުންގެ ގިނަ މީހުން އެކަންކުރެއެވެ. ތިބާއަށް ނުފެނުމަކީ ހެއްކެއް ނޫނެވެ. އެކަމަކު މުންކަރާތްތަށް ނަޙީކުރުމަކީ ތިބާގެވެސް ޒިންމާއެކެވެ.