އެއްދުވަހަކު މީހަކު އޭނާ ވަރަށް ލޯބިން ގެންގުޅުނު ކުއްތާއެއް މަރުވެގެން ޣާޒީގެ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. "އަޅުގަނޑުގެ ވަރަށް ލޯބި ކުއްތާއެއް މަރުވެއްޖެއެވެ. އަހަރެން ބޭނުންވަނީ އޭތީގެ މަރުވެފައިވާ މަސްގަނޑު މުސްލިމުން ވަޅުލާ ގަބުރުސްތާނުގައި ވަޅުލައިދޭށެވެ."

ޣާޒީ ވަރަށް ރުޅިއައިސްފައި ބުންނެވެ. "އެއީ މުސްލިމުންގެ ގަބުރުސްތާނެވެ. ޖަނަވާރުންނާއި ވަލުކުއްތާ ވަޅުލުމުން އެތަނުގައި ވަޅުލެވިފައި ތިބި މީހުންގެ ޤަދަރަށް އެކުރެވެނީ ފުރައްސާރައެއް ނޫނެހެއްޔެވެ." އެމިހާ ޖަވާބުގައި ބުންޏެވެ. 'މަނިކުފާނެވެ. އެވެސް މުސްލިމު ކުއްތާއެކެވެ. އޭތި ވަޅުލާންވެސް ބޭނުންވަނީ ހަމަ އެތާއެވެ." މިކަމާ ޣާޒީ އަޖައިބުވެ ހުރެ އެހިއެވެ. "ކަލެއަށް ތިކަން އެނގުނީ ކިހިނެތް ހެއްޔެވެ؟" އެމީހާ ޖަވާބުގައު ބުންޏެވެ. "އޭތި ބުނީމައެވެ.' މިކަމާއި ޣާޒީ ޕަކަ ޕަކަ އަޅާފައި ހޭން ފެށިއެވެ. އަދި ބުންޏެވެ. މީހުން ޤަބޫލުކުރާ ކަހަލަ ވާހަކައެއް ދައްކަބަލާށެވެ." ކޮންމެއަކަސް އޭނާ އަނެއްކާ ބުނެފިއެވެ. "އިތުރު އެހެން ވަޞިއްޔަތެއްވެސް އޭތި ކުރިއެވެ. އެއީ ޣާޒީއަށް 1000 ދީނާރު ދިނުމަށެވެ." ހަމަ މިހެން ބުނުމާއެކު ޣާޒީ ހަނުވެއްޖެއެވެ. ދެން ބުންޏެވެ. "އާ އާ ތީ ކަހަފުބާގައިގެ މީހުން ރައްކާކުރަން އޮތް ކުއްތާގެ ދަރިފަސްކޮޅުން އައި އެއްޗެއްދޯއެވެ. އެފަދަ މާތް އެއްޗެއް ވަޅުލަންވާނީ މުސްލިމުންގެ ޤަބުރުސްތާނުގައެވެ."