ޗީތާއަކީ ދުނިޔޭގައި އެންމެ ބާރަށް ދުވާ ޖަނާވާރުކަމަށް ވަނީ މަޝްހޫރުވެފައެވެ. އެކަމަކު ވަލު ޖަނަވާރުންގެ ތެރެއިން ވަލު ކުއްތާއަކީވެސް ވަރަށް ބާރަށް ދުވާ އެއްޗެކެވެ. އެހެނެއްކަމަކު މިދޭތި އެއްތާކު ދުވެފައެއް ނެތެވެ.
މިކަމާ ވަލު ކުއްތާ ގެންގުޅޭ މީހަކު ސުވާލު އުފެއްދިއެވެ. އެއްތާކު ނުދުވާނަމަ ޗީތާ ވަކި ބާރަށް ދުވާނެކަމެއް އިނގޭނީ ކިހިނަކުން ހެއްޔެވެ؟ މިސުވާލު ހިފައިގެން އޭނާ ޗީތާ ގެންގުޅޭ މީހެއްގެ ސަހަރަށް ގޮސް އެމީހަކާއި ބައްދަލު ކުރިއެވެ. އަދި ބުންޏެވެ. އަހަރެން ކަލެއަށް ވަރަށް ގިނަ ލާރި ދޭނަމެވެ. އެކަމަކު ރަށުގެ އެންމެން އެއްކޮށްފައި ޗީތާއާއި އަހަރެންގެ ކުއްތާ ރޭސްޖަހުވަން ހިނގާށެވެ. ވަލު ކުއްތާ ބާރަށް ދުވާނެކަން އެންމެނަށް ދައްކާނަމެވެ. މިކަމާ ވަރަށް ޔަޤީންކަން އޮވެ ޗީތާގެންގުޅޭ މީހާ އެއްބަސްވިއެވެ.
ކޮންމެއަކަސް ރޭސް ޖަހަން އޮތްދުވަހު އޭނާގެ 3 ވަލުކުއްތާ ގެނެސް ވަކި ވަކި 3 ކޮށްޓަކަށް ލިއެވެ. ހަމަ އެސަފުގައި އެއްކަލަ މީހާގެ ޗީތާވެސް ކޮށްޓެއްގައި ބޭއެއްވިއެވެ. މެޗުފަށަނީ 4 ކޮށީގެ ދޮރު ހުޅުވާލުމުންނެވެ. އޭރުން އެސޮރުމެން ނުކުމެ ދުވެ ގޮސް އެންމެ ފުރަތަމަ ރޮނގު ހުރަސް ކުރާ ޖަނަވާރަކު ބަލާނީއެވެ.
ކޮންމެއަކަސް ރަށުގެ ކުދިބޮޑު އެންމެން އެއްވެ ތައްޔާރުވުމުން ދޮރުތަށް ހުޅުވާލިއެވެ. ރާސްލާފައި އެސޮރުމެން ދުއްވާގަތެވެ. ކޮންމެއަސް އެންމެ ފުރަތަމަ ނިންމީ ކުއްތާއެކެވެ. ދެވަނައަށް ނިންމީ............... ހަމަކުއްތާއެކެވެ. ބާކީ އިން 3 ވަނަ ނިންމީ..............ވެސް ހަމަ ކުއްތާއެވެ. އެންމެން ރޭސްފެށޭތަނަށް ބަލާލިއެވެ. ޗީތާ ހަމަ 'ކެހެރު ވަކެކޭވެސް' ހީނުވެ ޖެހިތާ ކަހާވެސް ނުލާ ފޫފަތުރާލައިގެން ގުޑާވެސްނުލާ އޮތެވެ.
މިތަންފެނިފައި ވަލު ކުއްތާ ގެންގުޅޭމީހާ ގޮސް ޗީތާ ގެންގުޅޭ މީހާކައިރީ މިކަމާއިމެދު ސުވާލުކުރިއެވެ. ޖަވާބުގައި ޗީތާ ގެންގުޅޭ މީހާ ބުންޏެވެ. 'ބައެއްކަހަލަ މީހުނަށްވުރެއް ތިމާ މޮޅުކަން ''ޕުރޫވް' ކޮށްދޭން އުޅުމަކީ ތިމާގެ ޢިއްޒަތަށް ކުރެވޭ ބޭއިޙުތިރާމެކެވެ.'