Post date: May 12, 2022 8:52:12 AM
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ގުޅިގެން "ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް" ގެ ނަމުގައި މިއަހަރު ޖޫން 14 – 17 އަށް އިންޓަނޭޝަނަލް ކޮންފަރެންސް ތަކެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މި ސަމިޓްގެ ޕްރޮޓޮކޯލް މަސައްކަތުގައި މިނިސްޓްރީއަށް އެހީތެރިވުމަށްޓަކައި، ޕްރޮޓޮކޯލް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފެކަލްޓީގެ 30 ދަރިވަރުން ބޭނުންވެއެވެ. ވީމާ، މިކަމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން، 18 މެއި 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ފެކަލްޓީގެ އީމެއިލް fhts@mnu.edu.mv އަށް ދަރިވަރުގެ ނަމާއި، އައިޑީ ނަމްބަރ އަދި ފޯން ނަންބަރ އީމެއިލް ކުރުން އެދެމެވެ.