އަޅުގަނޑަކީ ޒީނަތު ލަބީބެވެ. އުނގަންނައިދިނުމުގެ ދާއިރާގައި އަޅުގަނޑު މަސައްކަތްކުރަން ފެށީ 2015 ވަނަ އަހަރުގައެވެ. މި ދާއިރާގައި ހޭދަކޮށްލެވުނު ކުޑަ ދުވަސް ކޮޅުގެ ތެރޭގައި، އުނގަންނައި ދިނުމުގެ ރޮނގުން ވަރަށް ފުންނާބު އުސް ގިނަ މާހިރުންތަކަކާއި އެކު މަސައްކަތްކުރުމުގެ ގިނަ ފުރުސަތުތަކެއް އަޅުގަނޑަށް ވަނީ ލިބިފައެވެ. އަޅުގަނޑު ވަނީ ސަރުކާރުގެ ސުކޫލުތަކުގައްޔާއި އަމިއްލަ ސުކޫލުތަކުގައި ކިޔަވައިދީ ވަރަށް ގިނަކަންތައް ތަޖުރިބާކޮށްފައެވެ.
2016 ވަނަ އަހަރު ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރު ޖުލައި މަހުގެ ނިޔަލަށް އަޅުގަނޑު މަސައްކަތްކުރަމުން ދިޔައީ އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ ބަޔަކު ހިންގަމުންގެންދާ ޙިރާ ސްކޫލުގައެވެ. އެ ސުކޫލުގައި އަޅުގަނޑު ކިޔަވައިދެމުން ގެންދަނީ އިސްލާމާއި ދިވެހި އެވެ.
މިހާރު އަޅުގަނޑު މަސައްކަތްކުރަމުން ދަނީ އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުން ހިންގަމުންގެންދާ ނޫރާނީ ސްކޫލުގައެވެ. މި ސުކޫލުގައި އަޅުގަނޑު ކިޔަވައިދެމުން ގެންދަނީ ދިވެހި މާއްދާއެވެ.
މި ދާއިރާގައި މަސައްކަތްކުރުމުގައި އަޅުގަނޑު އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައްތަކަކީ އަޅުގަނޑު އުނގަންނައިދޭ ދަރިވަރުންގެ މިޒާޖާއި ތަބީއަތް ދަނެގަތުމާއެކު އެ ކުއްޖަކާ އެންމެ ގުޅޭ ގޮތަކަށް އުނގަންނައިދުމެވެ. އަދި ކޮންމެ ކުއްޖަކީ ވެސް އަޅުގަނޑާއި އެހެނިހެން އެދުރުން ދެކެ ލޯބިވާ ބަސް ގަބޫލުކުރާ ކިޔަމަންތެރި ކުއްޖަކަށް ހެދުމެވެ. ކޮންމެ ކުއްޖަކީ ވެސް ބުނަން ބޭނުންވާ ވާހަކައެއް ޖެހިލުމެއް ނެތި އަޅުގަނޑާ ހިއްސާކުރެވޭ ކުއްޖަކަށް ހެދުމެވެ.
ލޯބިވާ މަންމައާއި ބައްޕައާއި ފިރިމީހާއާއި ތިންކުދިން އެ ފަޚުރުވެރިވާ ފަދަ މީހެއްގެ ގޮތުގައި ދެމިހުރުން.
ސުކޫލުގެ އިސްވެރިން އަޅުގަނޑަށް ކުރާ އިތުބާރު ދެމެހެއްޓުން.
ދަރިވަރުންނާއި ބެލެނިވެރިން ހިތްހަމަޖެހޭ ފަދަ ގޮތަކަށް އުނގަންނައި ދިނުން.
އެކުގައި މަސައްކަތްކުރައްވާ މުދައްރިސުންނާއި ގުޅިގެން މަސައްކަތްކުރުން.
ވަގުތަށް ކަމޭހިތައި މަސައްކަތް ނިންމަންޖެހޭ ވަގުތަށް ނިންމުން.
އެންމެންގެ ރައްކާތެރިކަމަށްޓަކައި ހެދިފައި ހުންނަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތައި އަމަލުކުރުން.
އުނގަންނައި ދިނުމުގެ ދާއިރާއިން މާސްޓާސް ޑިގުރީ ހާސިލުކުރެވުމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ ލޮބުވެތި މުދައްރިސުންގެ އިތުރުން ޙިރާ ސްކޫލުގެ މެނޭޖުމެންޓުން އަޅުގަނޑުގެ މަސައްކަތް ބަލައިގަތުން.