އަޅުގަނޑަށް އެންމެ ރީތި ކުލައަކީ ހުދު ކުލައެވެ.
އަޅުގަނޑަށް އެންމެ މީރު ޖޫހަކީ ފަޅޯ ޖޫހެވެ.
އަޅުގަނޑަށް އެންމެ ކަމުދާ ކެއުމަކީ ސީފުޑުގެ ބާވަތްތަކެވެ. ޚާއްޞަކޮށް ތޮމްޏޮމް ސޫޕެވެ.
އަޅުގަނޑަކީ ފޮނި ކާއެއްޗެއްސަށް ވަރަށް ވަރު ހުންނަ މީހަކީމެވެ.
އެހާ ވަސް ގަދަ ނޫން މަޑުވަހެއް ހުންނަ، މީރުވަސް ދުވާ ކޮންމެ ސެންޓެއް ވެސް އަޅުގަނޑަށް ކަމުދެއެެވެ.
އަޅުގަނޑަށް އެންމެ ކަމުދާ އެއް ދާޢީއަކީ އުމަރު ސުލައިމާނެވެ.
ދިވެހި ޢިލްމު ވެރިންގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދާ ޢިލްމުވެރިއަކީ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އެވެ.
ހަދިޔާއެއްގެ ގޮތުން އަޅުގަނޑު އެންމެ ބޭނުންވާ އެއްޗަކީ އިޚްލާޞްތެރި ދުޢާއެވެ. އަޅުގަނޑަށް ހެޔޮއެދޭ ކޮންމެ އަޚަކު ނުވަތަ އުޚްތަކު ވެސް އަޅުގަނޑަށް ސުވަރުގެ ދެއްވާތޯއާއި ފާފަ ފުއްސަވާތޯ ދުޢާކޮށްދެއްވާށެވެ!
ޝަރަފުއްދިން ސްކޫލް
ޢަރަބި މުދައްރިސުކަން
ޙިރާ ސްކޫލް
އިސްލާމް ، ދިވެހި މުދައްރިސުކަން
ނޫރާނީ ސްކޫލް
ދިވެހި މުދައްރިސުކަން
ތަޢްލީމީ ފެންވަރު