ކެތްތެރިވުން

އިޒްޔާން އަޒިޔަދް

ގްރޭޑް 1ބީ

އާނާ އަކީ ރޭޑިޔޯ އަޑު އަހާ ކުއްޖެކެވެ. ފަހަކަށް އައިސް ރޭޑިޔޯއިން އިވޭ އަޑަކީ ނުރައްކާތެރި ބަލިމަޑުކަމެއް ދުނިޔޭގެ ފެތުރެމުންދާ ވާހަކައެވެ. ކޮންމެވެސް ކޮވިޑް19 އޭ ކިޔާ އަޑެވެ. މިކަމާ އާނާ މަންމަ އާ ސުވާލް ކުރިއެވެ. އާނާ މަންމަ އަކީ ނަރުހަކަށް ވާތީ ބަލީގެ ވާހަކަތައް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އެކަމުން ސަލާމަތްވާން ކުރާނެ ކަންތަކެވެ. އާނާ މަންމަގެ ބަސްއަހައިގެން ބަލިން ސަލާމަތްވާން ކުރާނެ ކަންތައް ޤަވައިދުން ކުރަމުން ދިޔައެވެ. ބަލީގެ ނުރައްކާ ތެރިކަން ވަރަށް ރަނގަޅަށް މަންމަ ކިޔައިދެއްވި އެވެ. އެހެންވީމާ މާސްކު އެޅުމާއި އަތް ދޮވުން ފަރުވާތެރިކަމާއިއެކު ކުރަންޖެހެއެވެ.

މިބަލިމަޑުކަމުގެ ތެރޭގައި މިއަދު ވަނީ އުޅެން ޖެހިފައެވެ. އާނާގެ ރަށް ކަމަށްވާ ނ. ވެލިދޫ އަށް ވެސް މިވަނީ މިކަމުގެ ބަލިމަޑުކަން ފެތުރިފައެވެ. އާނާ އެކު އެއްކުލާހުގައި ކިޔަވަމުންދާ ކުއްޖެއްކަމަށްވާ ފައިހާ ފައްސިވި ވާހަކަ ކުއްލި ޙަބަރެއްގެ ގޮތުގައި އިވިގެން ދިޔައެވެ. އާނާ އަށް ބަލީގެ މައުލޫމާތު ލިބިފައިވާލެއް ބޮޑު ކަމުން ބަލީގައި ކަންތައްވާގޮތް ވަރަށް ރަނގަށް އެނގެއެވެ. އެހެންވެ އެކަމާ އަބަދު ދެރަވެ ރޮވެއެވެ. ފައިހާ ހާލުވަރަށް ދެރައެވެ. މިހާރު އޮތީވެސް އެކަހެރި ކުރެވިފައެވެ. މަންމަ ގެއަށް އަންނަ ކޮންމެ ވަގުތަކުވެސް ފައިހާ އާ ބެހޭގޮތުން ސުވާލު ކުރަމެވެ. މަންމަ ބުނެއެވެ. ކެތްތެރިވާށޭ! ހެޔޮދުއާ ކުރާށޭ! ބަލިޖެހުނުތާ 3 ދުވަސް ފަހުން ފައިހާ ނިޔާވެއްޖެއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އެކުވެރިޔާ ދެންނުފެންނާނެއެވެ. ދެންއޮތީ ކެތްތެރިވުމެވެ. ހެޔޮދުއާކުރުމެވެ. ހުރިހާ ކުދިންވެސް ގޭގައި ތިބޭށެވެ. މިބަލިމަޑުކަމުން ސަލާމަތް ވުމަށްއެދި ކެތްތެރިކަމާއިއެކު ދުއާ ކުރާށެވެ